މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ހުރިހާ ދިވެހި ހާޖީންގެ ހާލުވެސް ޖުމްލަކޮށް ރަނގަޅުކަމަށާއި، އެ އެންމެން މިހާރު ތިބީ މިނާގެ ޓެންޓުތަކުގައި ކަމަށް ދިވެހި ހައްޖު މިޝަނުން ހާމަކޮށްފިއެވެ.
ރޭގެ ވަގުތެއްގައި މިނާއަށް ދިއުމަށް ފެށި ދަތުރު ހުރިހާ ހައްޖުވެރިންވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިއަހަރުވެސް ރާއްޖެއިން 1،000 މީހުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ސައުދީއަށް ގޮސްފައިވެއެވެ.
ހައްޖުވެރިން މިއަދުގެ ވަގުތުތައް މިނާގައި ހޭދަކުރުމަށްފަހު، މިރޭގެ ވަގުތެއްގައި ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި އަރަފާތަށް ދިއުމަށް ދަތުރު ފަށާނެއެވެ. އަދި މާދަމާ މެންދުރުފަހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި މަޑުކުރާނެއެވެ.
އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ ބޮޑު ރުކުން ކަމަށްވާއިރު، މާދަމާ އިރުއޮއްސުމުގެ ކުރިން އެ ބިމަށް ނުދެވޭ މީހުންނަށް ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ.
އަރަފާތުގައި މަޑުކުރުމަށްފަހު، މާދަމާ އިރުއޮއްސުމާއެކު ހައްޖުވެރިން ދެން މިސްރާބު ޖަހާނީ މުޒްދަލިފާއަށެވެ. އެގޮތުން އެރޭ މުޒްދަލިފާގައި ރޭކުރުމަށްފަހު، ހައްޖުވެރިން އަލުން އަނބުރާ މިނާއަށް ވަންނާނީ ބޮޑު އީދު ދުވަހުގެ ފަތިސް ނަމާދަށްފަހުއެވެ.
އީދު ދުވަހަށްފަހު އާންމު އުސޫލުން ތިން ރޭ މިނާގައި ހޭދަކުރުމަށްފަހު، ދިވެހި ހާޖީން އެނބުރި މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ހައްޖު މަހުގެ 12 އަދި 13 މި ދެ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު