އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ޕާޓީގެ މެންބަރުން ބޭނުންވާ ވަކި ކޮޅެއް ނެގި ނަމަވެސް، އެއްވެސް މެންބަރަކު ޕާޓީގެ ހަރަކާތްތަކުން ބާކީވެ ފަހަތަށް ޖެހެން ނުޖެހޭނެ އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ އޭނާގެ "އިތުބާރު" ކެމްޕޭނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައާއި އެކި ތަންތަނުގައި، މިހާރު ހިނގަމުންދާ އެތެރޭގެ ކެމްޕޭނުގައި ވަކި ފަރާތަކަށް ތިބޭ މެންބަރުން އިންތިޚާބު ނިމުމުން ތިބެންޖެހޭނީ އެންމެ ފަހަތު ސަފުގައި ނުވަތަ ސަފުން ބާކީވެފައި ކަމަށް ލިޔުއްވަމުންދާތީ އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ. އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ވާއިރު، އެތެރޭގެ އިންތިޚާބުތަކުގައި ކޮންމެ މީހަކަށްވެސް އަމިއްލަ މިނިވަންކަމާއެކު ބޭނުންވާ ކޮޅެއް ނެގުމުގެ ހައްގު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެ މާނައެއް ނޫން އެބޭފުޅުން މި ޕާޓީގެ ހަރަކާތްތަކުން، އެބޭފުޅުން ނަގާ ކޮޅުގެ ސަބަބުން، އެބޭފުޅުން ތާއީދުކުރާ މީހެއްގެ ސަބަބުން ފަހަތަށް ޖެހެންޖެހޭނެ ޖެހުމެއް ކަމަށް، އެވިދާޅުވާ ވިދާޅުވުން އަޅުގަނޑެއް ގަބޫލެއް ނުކުރަން،" މީކާއީލް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، އޭނާ ބޭނުންވަނީ ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އޭނާގެ ޗެއާޕާސަން ކަމެއްގައި، އިންތިޚާބުގައި ކޮންމެ ކޮޅަކަށް ތާއީދުކުރި ނަމަވެސް ޕާޓީގެ އެންމެ ކުރީ ސަފުން ފުރުސަތު އޮންނާނެ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޗެއަރޕާސަން ކަމުގައި ތިބޭފުޅުންނަށް މި ޕާޓީން ފުރުސަތު އޮންނާނެ. މި ޕާޓީގެ އެންމެ ކުރީ ސަފުންވެސް ފުރުސަތު އޮންނާނެ. މި ޕާޓީގެ ހަރަކާތްތަކުން ތިބޭފުޅުން ބާކީއެއްވެސް ނުވާނެ. އަދި މި ޕާޓީއަކީ ތިބޭފުޅުންނަށް ފުރުސަތު އޮންނަ، ޖާގަ އޮންނަ ޕާޓީއެއްކަން އަޅުގަނޑު ކަށަވަރު ކޮށްދޭނަން،" މީކާއީލް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއީލް ނަސީމްއާ ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އިންތިޚާބުގެ ކެމްޕޭން ފޯރިގަދަވެފައިވާ މިދަނޑިވަޅުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި އިންތިޚާބުގައި ވަކި ބައެއްގެ ފަހަތަށް އަރައި ވަކި ކޮޅެއްގައި ތިބޭ މެމްބަރުން، އިންތިޚާބު ނިމުމަށްފަހު ތިބެންޖެހޭނީ ޕާޓީގެ ފަހަތު ސަފުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު