ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު ފާހަގަކުރަމުންދާ އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތުގައި އިއްވި ޢީދު ޚުތުބާގައި، އިސްލާމީ ރިވެތި އަޚުލާޤާއި ޝަރުޢީ މިންގަނޑުތަކުގެ ތެރޭގައި ޢީދުގެ އުފާ ފާޅުކުރުމަށް ބާރުއަޅައިފިއެވެ.
ޚާއްޞަކޮށް ޢީދުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު ދީނުގެ ޝިޢާރުތަކާ ޚިލާފު ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޝަރުޢީ މިންގަނޑުތަކަށް ސަމާލުކަންދިނުން
ޚުތުބާގައި ބަޔާންކުރި ގޮތުގައި، ޢީދުގެ އުފާ ފާޅުކުރަންވާނީ އިސްލާމީ ޘަޤާފަތާ އެއްގޮތަށް، ޝަރުޢީ މިންގަނޑުތަކަށް ފެތޭނޭހެންނެވެ. މިގޮތުން މުސްލިމުންގެ އަބުރާ ބެހުމާއި، ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ދުރުހެލިވާންޖެހެއެވެ. އަދި އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން، ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުން ފަދަ ނޭދެވޭ ކަންކަމުން މުޖުތަމަޢު ދުރުހެލިވުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޢީދުގެ ތަކުބީރާއި އުޟުޙިޔާ ކަތިލުން
ޙައްޖުމަސް ފެށުމާއެކު އެމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކުގައި އަޑުހަރުކޮށް ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެއްކަން ފާހަގަކުރަމުން، ޢަރަފާތު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހުދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް ކޮންމެ ފަރުޟު ނަމާދަކަށްފަހު ތަކުބީރުކިޔުމަށް ބާރުއަޅާފައިވެއެވެ.
މީގެ އިތުރުން، އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ މަތިވެރި ޤުރުބާނީގެ ހާދިސާ ހަނދާންކޮށްދެމުން، ޢީދު ދުވަހު އުޟުޙިޔާ ކަތިލުމަކީ ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަމަލީގޮތުން ދައްކަވާފައިވާ ގަދަވެގެންވާ ސުންނަތެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަހަރެމެން ރާއްޖޭގައި އަމާންވެށިގަނޑެއްގައި ޢީދުގެ އުފާ ފާޅުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލު ނައްތައިލުމުގެ ލާދީނީ ޢަމަލުތަކުގެ ޝިކާރައަކަށްވެ، ބަނޑުހައިހޫނުކަމާއި ބޯހިޔާވަހިކަމެއް ނެތި ނިކަމެތި ހާލުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާންނައްތާނުލުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާކަމަށްވާއިރު، ފަލަސްޠީނާއި އެހެނިހެން ސަރަޙައްދުތަކުގައިވާ ނިކަމެތި މުސްލިމުންނަށް ނަޞްރާއި ކާމިޔާބީ ދެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ހިތްތައް ސާފުކުރުމާއި މަޙްޝަރު ދުވަހުގެ ހަނދާން
މީގެ އިތުރުން ޢީދުގެ ބޮޑު ޖަމާޢަތްތަކުން ޤިޔާމަތް ދުވަހާއި މަޙްޝަރު މައިދާނުގެ ބިރުވެރިކަން ހަނދާނަށް ގެންނަންޖެހޭކަމަށް ޚުތުބާގައި ބަޔާންކުރިއެވެ. އެހެންކަމުން، މި ޖަމާޢަތުން ވަކިވުމުގެ ކުރީން އެކަކު އަނެކަކަށް މަޢާފުކޮށް، ހިތްތަކުގައިވާ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ޙަސަދަވެރިކަން ފަދަ ނޭއްގާނީ ސިފަތައް ހިތުން ފިލުވައިލުމަށް ގޮވާލާފައިވެއެވެ. ޚުތުބާ ނިންމާލާފައިވަނީ މުޅި އިސްލާމީ އުންމަތަށާއި، ރާއްޖޭގެ އިސްވެރިންނަށް ހިދާޔަތާއި ތައުފީޤު ދެއްވުން އެދި އަދި ރާއްޖެއަށް ތިޔާގިކަމާއި ރައްކާތެރިކަން ދެއްވުން އެދި ކުރެވުނު ޚާއްޞަ ދުޢާއަކުންނެވެ.
މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިއަދު ވަނީ އަޟްޙާ ޢީދު ނަމާދުކޮށްފައެވެ.
މާލެ އާއި ބައެއް ރަށްރަށުގައި ޢީދު ނަމާދުކުރީ ބޮޑު ޖަމާއަތުގައެވެ. މި ޖަމާއަތްތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އީދު ނަމާދު ކުރި މައިދާންތަކަށާއި މިސްކިތްތަކަށް އެއްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު