ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފުލެޓުތައް ލިބުނު ފަރާތްތައް މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް، ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ 'ފަހި ޔޫނިއަނުން' މިއަދު އިލްތިމާސްކޮށްފިއެވެ.
ފަހި ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްޑީސީގެ ފުލެޓުތައް ލިބިފައިވާ ރައްޔިތުން މާލޭ ސިޓީ ކައުންސިލްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ލިޔެކިއުންތައް މިހާރު އެ ކޯޕަރޭޝަނުގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ސި
ޓީތައް ޕޯޓަލް މެދުވެރިކޮށް އެފްޑީސީން ދޫކުރަން ފަށާފައިވާކަން ވެސް އެ ޔޫނިއަނުން ފާހަގަކުރިއެވެ.
"ވީމާ 4000 ފުލެޓް ލިބިފައިވާ ފަރާތްތަކުން ވާންއޮތް އެންމެ އަވަހަށް އެފްޑީސީގެ ޕޯޓަލްއަށް ހުށަހަޅައިގެން މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓަރީވުމަށް ބޭނުންވާ ސިޓީ އެފްޑީސީއިން ހޯއްދެވުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ،" ފަހި ޔޫނިއަނުން ބުނެފައިވެއެވެ.
ފަހި ފުލެޓުތަކުގެ ވެރިންގެ ރަށްވެހިކަމުގެ މައްސަލައަކީ މީގެ ކުރިން ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ، ރަޖިސްޓްރީ ކުރުމުގައި ދަތިތަކެއް ކުރިމަތިވީ ކައުންސިލުން އެކަން ނުކޮށްދޭތީ ކަމަށެވެ. ނަމަވެސް، ފަހުން އެކަން ހަމަޖެއްސުމަށް ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް މި މަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ފުލެޓުވެރިންނަށް ބޭނުންވާ ލިޔެކިއުންތައް އޮންލައިންކޮށް ފަސޭހައިން ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ފަހި ޔޫނިއަނުން ބުނި ގޮތުގައި، ފުލެޓު ލިބުނު ގިނަ ފަރާތްތަކަކީ މާލޭ ރަޖިސްޓްރީގައި ނެތް މީހުން ކަމަށްވުމުން، ދިރިއުޅުމުގެ އެކި ކަންކަމުގައި ގިނަ ތަކުލީފުތަކެއް އަންނަނީ އުފުލަމުންނެވެ. އެހެންކަމުން، މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ނުޖައްސައި، ވީހާވެސް އަވަހަށް ރަޖިސްޓްރީގެ ކަންކަން ފުރިހަމަކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު