ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ރައްޔިތުންނަށް ފޯރުކޮށްދެމުން އައި މެޑިކަލް ވެލްފެއާގެ ގިނަ ހިދުމަތްތަކެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށް ހެލްތު މިނިސްޓަރު ގީލާ އަލީ ހާމަކުރެއްވި ގޮތުގައި، މި ބަދަލުތަކަށް މާދަމާއިން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށާނެ އެވެ.
މި ނިންމުމުގެ ދަށުން އެންސްޕާއިން ކުރިން ދެމުން އައި މައިގަނޑު ފަސް ހިދުމަތެއް ދެން ލިބޭނީ އާސަންދައިގެ ވިއުގަ ތެރެއިންނެވެ. އޭގެ ތެރޭގައި ބޭސްފަރުވާއާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންނަށް ދޭ އެހީތެރިކަމާއި، އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ އިތުރުން ހާއްސަ މެޑިކަލް ޑިވައިސްތަކާ ގުޅޭ ހިދުމަތްތައް ހިމެނެ އެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދޭ ސިއްހީ ހިދުމަތްތަކާއި، ރިފަރަލް އަދި އެމަޖެންސީ ބަލިމީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވެސް ވަނީ އާސަންދައަށް ބަދަލުކޮށްފަ އެވެ. ހަމައެއާއެކު، ތެލެސީމިއާ އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ މީހުންގެ ފޮލޯއަޕް ކަންކަމާއި، އަމިއްލަ ގޮތުން ބޭރަށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ހާއްސަ ހާލަތްތަކުގައި ދޭ އެހީތެރިކަން ވެސް މީގެ ފަހުން ހަމަޖެހޭނީ އާސަންދައިގެ ދަށުންނެވެ.
ހެލްތު މިނިސްޓަރު ގީލާ ވިދާޅުވީ، މި ބަދަލު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ބޭސްފަރުވާގެ އެހީތެރިކަން ހޯދުމުގައި ރައްޔިތުންނަށް "އެއް ފުރާޅެއްގެ ދަށުން" ހިދުމަތްތައް ލިބޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
ކުރިން އާސަންދައާއި އެންސްޕާއަށް ވަކިވަކިން ހުށަހަޅަންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވި ނަމަވެސް، މި ބަދަލާއެކު އެއްތަނަކުން އެންމެންގެ މައުލޫމާތު ބެލެހެއްޓި، ފޯރުކޮށްދެވޭ އެހީތެރިކަން ކުރިއަށްވުރެ މާ ސާފުކޮށް އެނގެން އޮންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި އިސްލާހަކީ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި ބަދަލާ ގުޅިގެން މިހާރުވެސް އެންސްޕާއަށް އެހީގެ ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ޖަވާބުދާރީވާނީ އާސަންދަ ކުންފުނިންނެވެ. އަދި މި ހިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް މީގެ ފަހުން ފޯރުކޮށްދެމުންދާނީ އާސަންދައިގެ ފަރާތުން ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

އިޢުލާން-"މެޑިކަލް ވެލްފެއަރ ސްކީމް"ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމާއިގުޅޭ pic.twitter.com/uf9kX3kgw8
— Ministry of Health, Family and Welfare (@MoHmv) May 31, 2026
ކުރިން އާސަންދައާއި އެންސްޕާއަށް ވަކިވަކިން ހުށަހަޅަންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވި ނަމަވެސް، މި ބަދަލާއެކު އެއްތަނަކުން އެންމެންގެ މައުލޫމާތު ބެލެހެއްޓި، ފޯރުކޮށްދެވޭ އެހީތެރިކަން ކުރިއަށްވުރެ މާ ސާފުކޮށް އެނގެން އޮންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މި އިސްލާހަކީ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި ބަދަލާ ގުޅިގެން މިހާރުވެސް އެންސްޕާއަށް އެހީގެ ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ޖަވާބުދާރީވާނީ އާސަންދަ ކުންފުނިންނެވެ. އަދި މި ހިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް މީގެ ފަހުން ފޯރުކޮށްދެމުންދާނީ އާސަންދައިގެ ފަރާތުން ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު