ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އޮތްހާ ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ނާޒިމް ސިންގަޕޫރަށް ވަޑައިގަތީ ހަމަ ބިރުން ފިލައިގެން ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމަށް ވެރިކަން ކުރާ މައިޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވަނީ ހުސްވި މެއިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކޮށް، މެއި 14 ވަނަ ދުވަހު ވަނީ ނާޒިމް ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅާފައެވެ. އެ ގަރާރުގައި ބުނެފައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް ނާޒިމް ކުއްލި ގޮތަކަށް ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، އޭނާ މަގާމުން ވަކިކުރުމަށް އިއްޔެ ބޭއްވުމަށް ހަމަޖެހުނު ޖަލްސާގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.މިކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ނާޒިމް އިސްތިއުފާ ދެއްވުމުން އެކަމާ ހިތްދަތިވާނެ ނުވަތަ ހަމްދަރުދީވާނެ އެއްވެސް މީހަކު ނޫޅޭނެ ކަމަށެވެ. އަދި މިއީ ސިޔާސީ ޑީލެއް ނުވަތަ ރީކޮންސިލިއޭޝަނެއް (ސުލްހަވުމެއް) އޮވެގެން ހިނގި ކަމެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"ހަމަ ބިރުން ފިލައިގެން ދިޔައީ، އެނގޭތޯ؟ ނާޒިމް ދެން މި ސަރުކާރު އޮތްހާ ދުވަހަކު މާލެއެއް ނާންނާނެ. އެހެންނަމަވެސް މިއުޅެނީކީ ސިޔާސީގޮތުން ޑީލަކުންނެއް ނޫން."ރައީސް ޔާމީން ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ނާޒިމް ވަނީ ޕީއެންސީން އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ނާޒިމް ދެއްވިއެވެ. އޭގެ އިތުރުން ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންނަށް އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީނާއި އަޙްމަދު ނާޒިމަކީ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތް ދުވަސްވަރުން ފެށިގެން ނުހަނު ގާތް، އަރިސް ދެ ބޭފުޅުންނެވެ. ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި "ޕީއޭ" ޕާޓީގައްޔާއި ޕީޕީއެމް އުފެއްދުމުގައި ނާޒިމް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި 2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ވަޑައިގަތް ކެމްޕޭނުގެ އެންމެ އިސް މޭސްތިރިއަކީވެސް ނާޒިމެވެ. ޔާމީންގެ ވެރިކަމުގެ ކުރީކޮޅު (2014-2015) ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައި ގުޅުން މުޅިން ހީނަރުވިއެވެ. އެއަށްފަހު، މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި 2015 ވަނަ އަހަރު ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވިއެވެ. ނާޒިމްގެ ފަރާތުން އޭރު ތުހުމަތުކުރި ގޮތުގައި އެއީ ރައީސް ޔާމީން އަޑީގައި ހުންނަވައިގެން ސިޔާސީގޮތުން ދިން އަދަބެކެވެ.
2018 ގައި ޔާމީންގެ ވެރިކަން ނިމުމަކަށް އައުމުން ސުޕްރީމް ކޯޓުން ނާޒިމް މިނިވަންކުރިއެވެ. އޭގެފަހުން ނާޒިމް ހުންނެވީ ސިޔާސީގޮތުން ޔާމީނާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު