އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ ޕާޓީ ވަރުގަދަވުމުގެ ސަބަބަކަށް ވާންޖެހޭނެ ކަމަށާއި، ނަމަވެސް ވާދަވެރިކަން ހަސަދަވެރިކަމާއި ބަދަލުހިފުމަކަށް ބަދަލުވެއްޖެ ނަމަ ލިބޭނީ ގެއްލުން ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޫސަ މިހެން ވިދާޅުވީ، އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބާ ދިމާކޮށް ޕާޓީގެ އެތެރޭގެ މަސްރަހު ހޫނުވެ، ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ މާޒީއަށް އަލިއަޅުއްވާލައްވަމުން މޫސަ ވިދާޅުވީ، އިންތިޚާބުތަކުގައި އުފެދޭ ޒާތީ ހަސަދައާއި ބަދަލުހިފުމުގެ ނަތީޖާއަކީ ޕާޓީ ބައިބައިވެ، ހީނަރުވެގެން ދިއުންކަން މާޒީން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ޗެއާޕާސަން އިންތިޚާބަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅުވައިގެން ހިންގާ "ބަދަލުހިފުމުގެ" ސިލްސިލާއަކަށް ނުހެދުމަށް މޫސަ ވަނީ ޕާޓީގެ އިސް ފަރާތްތަކަށާއި ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.
"އެތެރޭގެ އިންތިޚާބު ވާދަވެރިވުން އެއީ ޕާޓީ ވަރުގަދަ ވާނެކަމެއް، ވާދަވެރި ވުމުގެ ބަދަލުގާ ހަސަދަ ވެރިވުމާއި ބަދަލު ހިފުމުގެ ނަތީޖާ އާޚިރުގާ އެމްޑީޕީގެ މާޒީން ފެނުނީ ޕާޓީ ބައިބައި ވުމާއި ހީނަރުވުން." މޫސަ ވިދާޅުވިއެވެ.
މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިިޚާބުގެ ފޯރިގަދަވެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ.
ރީކޯ މޫސަ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ބައިބައިވުމުގައި، ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރެއްވި ފެކްޝަނުން އެ ޕާޓީން ވަކިވެ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދިއެވެ. އެމްޑީޕީގެ އާންމު ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި، 2023 ގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ގެއްލި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެކަމުގެ ސަބަބުންނެވެ. ރައީސް ނަޝީދު އެމްޑީޕީ އާއި އަލުން ގުޅިވަޑައިގެންނެވި ނަމަވެސް އެ ހިތްހަމަނުޖެހުން ޕާޓީގެ މެމްބަރުންގެ މެދުގައި އޮތްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު