އދ. ގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" ގެ ނައިބު މުޤައްރިރުގެ މަޤާމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި އިންތިޚާބުގައި، މި މަޤާމަށް ރާއްޖެ ހޮވިފައިވަނީ އާންމު މަޖިލީހުގެ ހުރިހާ މެންބަރު ޤައުމުތަކުގެ އިއްތިފާޤުންނެވެ. މި
ރާއްޖެއިން މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައެވެ. މި މުއްދަތުގެ ތެރޭގައި ކޮމިޓީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުޤައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ރާއްޖެއިން އިސް ދައުރެއް އަދާކުރާނެއެވެ.
މި އިންތިޚާބާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ޚާރިޖީ ސިޔާސަތަށް ދުނިޔޭގެ ޤައުމުތަކުން ކުރާ އިތުބާރު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.
އިގްތިސޯދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" އަކީ އދ ގެ އާންމު މަޖިލީހުގައި ހިމެނޭ މައިގަނޑު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްގީއާއި، އިގްތިސޯދީ ކުރިއެރުމާ ގުޅުން ހުރި މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އދ ގެ މަސައްކަތްތައް ބައްޓަންކުރުމެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ބިއުރޯއަށް ލިބިގެންވާއިރު، އާންމުގޮތެއްގައި ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށްދަނީ ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިން ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު