އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން އީރާނަށް އަސްކަރީ އިތުރު ހަމަލާތަކެއް ދިނުމަށް ތައްޔާރަށް އޮތްކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅީގައި ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން އެމެރިކާގެ އަސްކަރީ ރައްދު ދިނުންތައް ކުރިއަށްދާނެ ކަމަށެވެ. "އިއްޔެ އަހަރެމެން އެމީހުންނަށް ވަރުގަދަ ހަމަލާތަކެއް ދިނިން، އަދި މިއަދުވެސް އެފަދަ ހަމަލާތަކެއް ދޭނަން. އަހަރެމެން ތިބީ އެއްބަސްވުމަކާ ވަރަށް ގާތުގައި، އެކަމަކު އެމީހުން ދަނީ އަހަރެމެންނަށް އޮޅުވާލައި ވަގުތު ބޭކާރުކުރަމުން،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން ދާއިމީކޮށް ހުއްޓުވުމަށް އެކުލަވާލާ އެއްބަސްވުމުގެ މަޝްވަރާތައް އީރާނުން ލަސްކުރަމުންދާ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ. އަދި އީރާނުގެ މި އަމަލުތަކުގެ ސަބަބުން މިހާރު އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފަހުގެ ހަމަނުޖެހުންތައް ފެށުނީ ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި އޮޕަރޭޓް ކުރަމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ އޭއެޗް-64 އެޕާޗޭ ހެލިކޮޕްޓަރަކަށް އީރާނުގެ ޑްރޯނަކުން ހަމަލާދިނުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ޑްރޯން ހެލިކޮޕްޓަރުގައި ޖެހުނު ނަމަވެސް ގޮވާފައެއް ނުވެއެވެ. އެހެންކަމުން، ޕައިލެޓުންނަށް ހެލިކޮޕްޓަރު ކޮންޓްރޯލްކޮށް ކުއްލި ހާލަތުގައި ބިމަށް ބޭލުމުގެ ފުރުސަތު ލިބުނު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ، އެކަމަކުވެސް ފުރަތަމަ ހަބަރު ފެތުރުން އިރު ބުނެފައި ވަނީ ހެލިކޮޕްޓަރގަ ތިބި ފަޅުވެރިން ސަލާމަތް ކުރީ އެމެރިކާ އިން ފޮނުވި ސީޑްރޯ އަކުންކަމަށެވެ.
މި ހާދިސާގައި ހެލިކޮޕްޓަރުގެ ދެ ފަޅުވެރިން ސަލާމަތްކޮށްފައިވާއިރު، މިއީ އެމެރިކާގެ އަސްކަރިއްޔާއިން ކަނޑުމަތީގައި ހިންގި މިފަދަ ފުރަތަމަ ސަލާމަތްކުރުމުގެ އޮޕަރޭޝަން ކަމަށް އޮފިޝަލުން ބުނެއެވެ.
މިކަމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ރޭޑާރުތަކަށާއި، ޑްރޯން ކޮންޓްރޯލްކުރާ މަރުކަޒުތަކަށް އަންގާރަ ދުވަހު ވަނީ ހަމަލާދީފައެވެ. އީރާނުން ވަނީ މީގެ ބަދަލުހިފުމުގެ ގޮތުން ބަހްރޭން، ކުވެއިތު އަދި އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބުދަ ދުވަހުގެ ފަތިހު ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ގިނަ ހަމަލާތައް ވަނީ އަމާޒަށް ވާސިލްވުމުގެ ކުރިން ހުއްޓުވާފައެވެ.
މި އަސްކަރީ ކުރިމަތިލުންތައް ހިނގަމުންދާއިރުވެސް، ގަތަރާއި އޮމާން މެދުވެރިވެގެން ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް، އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އަވަސް ހައްލެއް ފެނުމުގެ އުންމީދު ވަނީ ކުޑަވެފައެވެ.
ހޯރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު ސަރަހައްދަކަށް ވާއިރު، މި ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ދުނިޔޭގެ ލީޑަރުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މި ހަމަނުޖެހުންތައް ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެތީ ކަންބޮޑުވުން ފާޅުކުރައްވައި، ހުރިހާ ފަރާތްތަކަކުން ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު