ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެނޑިޑޭޓު ސުހާ އިބްރާހިމް ކާމިޔާބުކުރުމާ ގުޅިގެން، އެކަމުގެ އުފާފާޅުކުރުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ ރަށަށް ވަޑައިގެންފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި މިރޭ މީދޫގައި ޚާއްޞަ ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ޕީއެންސީއަށް ލިބުނު މި ބޮޑު ކާމިޔާބީ ފާހަގަކޮށް، ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފައިވާއިރު، ސުހާ އިބްރާހިމް އިންތިޚާބު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 54.09 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއަށް ޖުމްލަ 529 ވޯޓު ލިބިވަޑައި ގެންނެވިއިރު، ވާދަވެރި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 499 ވޯޓެވެ. ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1049 މީހުންގެ ތެރެއިން 985 މީހުން ވޯޓުލާފައިވެއެވެ. އޭގެ ތެރެއިން ސައްޙަ ވޯޓުގެ އަދަދަކީ 978 އެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިތުރު ބުރެއް ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ މެދު ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެ ފަހަރުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބުނެވެ. ނަމަވެސް އެމްޑީއޭއިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ވޯޓު އަލުން ގުނުމުން، ސުހާއަށް ލިބުނު ދެ ވޯޓެއް ބާތިލު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ.
އެ ނިންމުން ސުހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކޯޓުން ހުކުމް ކުރީ ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ ވޯޓުގައި ފާހަގަ މަތިން އިތުރަށް ފަވާފައިވީ ނަމަވެސް، ވޯޓު ދިނީ ކާކަށްކަން ސާފުކޮށް އެނގެން އޮތުމުން ކޯޓުން އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ކަނޑައެޅުމުންނެވެ. މި ހުކުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން، ގާނޫނުގައިވާ ގޮތުގެ މަތިން އިތުރު ބުރެއް ބޭއްވުމުން ގޮނޑި ކާމިޔާބުވީ ސުހާއަށެވެ.

CUW
ކިޔުންތެރިންގެ ހިޔާލު