ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ކޭޕް ވާޑުން، ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ ސްޕެއިން ހައިރާންކޮށްލުމަށްފަހު 0-0 އިން އެއްވަރުކޮށް، ތާރީޚީ ނަތީޖާއަކުން މުޅި ދުނިޔެ ސިއްސުވާލައިފިއެވެ. މިއީ ކޭޕް ވާޑުން ވޯލްޑް ކަޕްގެ ތާރީޚުގައި ކުޅުނު ފުރަތަމަ މެޗެވެ.
މުޅި މެޗުގައި ސްޕެއިންއިން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ކޭޕް ވާޑްގެ ޑިފެންސް ލައިނުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ސްޕެއިންގެ ހަމަލާތައް ހުއްޓުވާފައެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާގެ ހުޝިޔާރުކަމެވެ. އޭނާ ވަނީ ސްޕެއިންގެ ނުރައްކާތެރި އެތައް ހަމަލާއެއް ދިފާއުކޮށް، އެ ގައުމަށް މި ތާރީޚީ ޕޮއިންޓް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ވަނީ މެޗުގެ ފަހުކޮޅު އެ ގައުމުގެ ޒުވާން ތަރިން ކަމަށްވާ ލަމީން ޔަމާލް އަދި ނިކޯ ވިލިއަމްސް ކުޅެން އަރުވާފައެވެ. މި ދެ ކުޅުންތެރިންގެ ސަބަބުން ސްޕެއިންގެ ކުޅުމަށް ބާރުމިނެއް އައި ނަމަވެސް، ކޭޕް ވާޑްގެ ޑިފެންޑަރުން ތިބީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ސާބިތުވެފައެވެ.
މެޗުގެ ފަހު މިނެޓުތަކުގައި ސްޕެއިންއިން މޮޅުވާނެ ލަނޑެއް ހޯދުމަށް ހުރިހާ ކުޅުންތެރިން ކުރިއަށް އަރައި ކުޅުމުގެ ފައިދާ ނަގައި، ކޭޕް ވާޑުން ވަނީ ނުރައްކާތެރި ކައުންޓަރ އެޓޭކްތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ އެންމެ ފަހުކޮޅު ލިބުނު ކޯނަރެއްގައި ކޭޕް ވާޑްގެ ކުޅުންތެރިއަކު ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރުގެ އަތަށެވެ. މިއީ އެ ގައުމަށް މެޗުން މޮޅުވުމަށް ލިބުނު ރަން ފުރުސަތެކެވެ.
ސްޕެއިންގެ ފެންވަރާއި އެ ގައުމުގައި ތިބި މޮޅެތި ކުޅުންތެރިންނަށް ބަލާއިރު، މިއީ އެ ގައުމަށް މާޔޫސީ ފެށުމެކެވެ. ނަމަވެސް ކޭޕް ވާޑަށް މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ ބޮޑު ކާމިޔާބީއެކެވެ.
މެޗު ނިމުނުކަމުގެ ސިގްނަލާއެކު ކޭޕް ވާޑްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މި ނަތީޖާއާއެކު ކޭޕް ވާޑުން ވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށްވެސް އެ ގައުމަށް ކުޅެވިދާނެކަން ސާބިތުކޮށްދީ، މުބާރާތުގެ އެހެން ޓީމުތަކަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

EGY
ކިޔުންތެރިންގެ ހިޔާލު