ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ސަރުކާރުން އިޖާބަ ނުދޭނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގެތަކަށް ގޮސްގެން ވިޔަސް އެ އަޑުތައް އިއްވަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސަރުކާރާ ދެކޮޅަށް ސީދާ ހަރަކާތަށް ނިކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަމާއި، ސިޔާސީ ބޭނުމަށް މުވައްޒަފުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި ވަރުގަދަ އިހުތިޖާޖުތަކެއް ސިލްސިލާކޮށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. މި ސަރުކާރުން ކަންކަން ކުރަމުންދަނީ އެއްވެސް ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބެލުމެއް ނެތި، ވެރިން ބޭނުންވާހާ ގޮތަކަށް ކަމަށާއި، ހާއްސަކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މިގޮތުން ފަރެސްމާތޮޑާގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދެއްކި މުވައްޒަފަކު، ރޭ ދަންވަރުގެ ވަގުތެއްގައި އެއްވެސް ހަރަދެއް ނުދޭ ގޮތަށް ހއ. ބާރަށަށް ބަދަލުކޮށްފައިވާކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާ މުޅިން ހިލާފަށް ހިންގާފައިވާ އިންސާފެއް ނެތް އަމަލެއް ކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހި ރައްޔިތުންނާއި ދައުލަތުގެ މާލިއްޔަތަށް ބޭނުން ގޮތެއް ހަދަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓްތައް ވެސް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ގާނޫނީ ގޮތުން 2025 އަށް ނިންމަންޖެހޭ މިފަދަ އަސާސީ ހިދުމަތްތައް ނުނިމޭނެތީ، ގާނޫނަށް ބަދަލު ގެނެސް އެ މުއްދަތު 2027 އަށް ދަންމާލާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ ގައުމުގެ އިގްތިސާދު ފުނޑުފުނޑުވެ، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުން މިއަދު ތިބީ ބަނޑުހައިހޫނުކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން، ރޭވުންތެރިކަމާއެކު ސިލްސިލާ ގޮތެއްގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުނުވެއްޖެ ނަމަ ގޭގެއަށް ގޮސްގެން ވެސް ޝަކުވާތައް އިއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި އެމްއެމްއޭ ފަދަ މުއައްސަސާތަކަށް ގޮސް، ޑޮލަރުގެ މައްސަލައާއި ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު