ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 'ބޭންކް ފަންޑު' ގެ އެހީތެރިކަމާއެކު، ކަސްރަތާއި ހިތުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އިން ކުރިއަށްގެންދިޔަ "ހާޓް ހެލްތީ ރާއްޖެ" ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ 'ފިޒިކަލް އެކްޓިވިޓީ ގައިޑްލައިން (2022)' ގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން، ތަފާތު އުމުރުފުރާތަކަށާއި، ޖިސްމާނީ ގާބިލިއްޔަތު ހުރި މިންވަރަށް ރިއާޔަތްކޮށް ކަސްރަތު ކުރާނެ ގޮތް ދައްކުވައިދޭ 10 ވީޑިއޯއެއް ވަނީ ތައްޔާރުކޮށްފައެވެ. މީގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިންގެ އިތުރުން، ބޮޑެތި މީހުންނާއި، މާބަނޑު މީހުން އަދި ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ވީޑިއޯތައް ހިމެނެއެވެ.

ފޮޓޯ: ބީއެމްއެލް
މި ވީޑިއޯތައް މިހާރު ޓައިނީ ހާޓްސްގެ ރަސްމީ ވެބްސައިޓުންނާއި، އެކަމަށް ޚާއްސަކޮށްފައިވާ އިންސްޓަގްރާމް ޕޭޖުން ބަލާލެވޭނެއެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް މި މައުލޫމާތު ފޯރުކޮށްދިނުމުގެ މަގު ފަހިކުރުމުގެ ގޮތުން، މި ވީޑިއޯތައް ފަސޭހަކަމާއެކު ޑައުންލޯޑް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ކަސްރަތު ކުރުމުގެ ފުރުސަތު މުޖުތަމައުގެ އެންމެންނަށް ފަހިކޮށްދީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ގައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖީހާން މަހްމޫދު ވިދާޅުވީ، "ހާޓް ހެލްތީ ރާއްޖެ" މަޝްރޫއުގެ މައިގަނޑު އަމާޒަކީ ކޮންމެ އުމުރެއްގެ، ކޮންމެ ހާލަތެއްގައި ހުރި މީހަކަށް ވެސް ކަސްރަތު ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ބީއެމްއެލްގެ ބޭންކް ފަންޑުގެ އެހީތެރިކަމާއެކު، މި އަގުހުރި ވަސީލަތްތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާތަކަށާއި ރަށްރަށަށް މުޅިން ހިލޭ ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
'ބޭންކް ފަންޑު' އަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހިލޭ އެހީގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް މުހިންމު ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 (ދެލައްކަ) ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު