މާފުށީ ޖަލުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް އެ ޖަލުގައި ބަހައްޓައި ބޭނުންކުރަން ފަށައިފި އެވެ.
މި މެޝިން ރަސްމީކޮށް ބޭނުންކުރަން ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން، އިއްޔެ އެ ޖަލަށް ކުރެއްވި ޒިޔާރަތެއްގަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މި މެޝިނަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ޖަލަށް ހަދިޔާކުރި މެޝިނެކެވެ. މި މެޝިން އޮޕަރޭޓްކުރުމަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ޖަލުގެ އޮފިސަރުންނަށް ފޯރުކޮށްދީފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނެވެ.
މި މެޝިންގެ ސަބަބުން ޖަލަށް ގެންނަ ތަކެތި ފާސްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ އެވެ. އެގޮތުން، ޖަލަށް އަލަށް ގެންނަ ގައިދީންނާއި ބަންދު މީހުން ގެންނަ ތަކެއްޗާއި، އާއިލާތަކުން ފޮނުވާ ތަކެތީގެ އިތުރުން ޖަލަށް ޒިޔާރާތްކުރާ ފަރާތްތަކުން ގެންނަ ތަކެތި މިހާރު މި މެޝިން މެދުވެރިކޮށް ފަސޭހަކަމާއެކު ސްކްރީން ކުރެވޭނެ އެވެ.
މީގެ ކުރިން، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ވަނީ ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ވެސް ބަހައްޓައިފަ އެވެ.
އެ މެޝިން ބޭނުންކުރަން ފެށީ ތަމްރީނުތައް ފުރިހަމަކުރުމަށްފަހު އޭޕްރީލް މަހުގެ ތެރޭގަ އެވެ. ޖަލުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް މިފަދަ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަކީ، ޖަލުތަކުން ފޯނު ފަދަ ތަކެތި ބޭނުންކޮށްގެން ހިންގާ ސްކޭމްތަކާއި އެ ނޫންވެސް ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

NZL
SEN
NOR
ކިޔުންތެރިންގެ ހިޔާލު