ޔޫއެސް އެއާ ފޯސް ވަން
ޔޫއެސް އެއާ ފޯސް ވަން
އެމެރިކާގެ ވައިގެ ސިފައިން (ޔޫއެސް އެއާ ފޯސް) އިން ރައީސް ޓްރަމްޕް ދަތުރުފުޅުތަކަށް ބޭނުންކުރާ އާ "އެއާ ފޯސް ވަން"ގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮއިންގ 8-747 މަރުކާގެ މަތިންދާ ބޯޓު އާންމުކޮށްފިއެވެ.

ގަތަރު ސަރުކާރުން ހަދިޔާއެއްގެ ގޮތުގައި އެމެރިކާއަށް ދިން 400 މިލިއަން ޑޮލަރުގެ އަގުހުރި މި ލަގްޒަރީ ބޯޓު، މިހާރު އޮތީ ވޮޝިންޓަންގެ ބޭރުގައިވާ ޖޮއިންޓް ބޭސް އެންޑްރޫސްގައެވެ.

އެއާ ފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރައީސްގެ ދަތުރުފުޅުތަކުގައި ބޭނުންކުރުމުގެ ކުރިން މި ބޯޓު މިހާރު "ކޮމިޝަނިންގ ފްލައިޓްސް" ނުވަތަ ތައްޔާރީ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ބޯޓުގެ ބޭރުގައި ރަތް، ހުދު އަދި ނޫ ކުލައިގެ އާ ލިވަރީއެއް ލުމުގެ އިތުރުން، ސަރުކާރުން ބޭނުންވާ މުހިންމު ބަދަލުތައް މިހާރު ވަނީ ގެނެސް ނިންމާފައެވެ.

މި ބޯޓަކީ ރައީސްގެ މިޝަންތަކަށް ބޭނުންވާ އެންމެ ޒަމާނީ އަދި ރައްކާތެރި ވަސީލަތްތަކުން ފުރިހަމަކުރެވިފައިވާ އުޅަނދެއް ކަމަށް ވައިގެ ސިފައިން މައުލޫމާތު ދެއެވެ.

މި ބޯޓުގެ އެތެރޭގެ ޑިޒައިނަށް މާ ބޮޑު ބަދަލުތަކެއް ގެނެސްފައިނުވާ ކަމަށް އެއާ ފޯސްއިން ބުނެއެވެ. އެހެންކަމުން، ބޯޓުގައި ހުރި ލަގްޒަރީ ފަރުނީޗަރުތަކާއި، ލެދަރު ގޮނޑިތަކާއި އަދި އަގުހުރި ލަކުޑިން ހަދާފައިވާ ފަރުމާތައް އެގޮތަށް ހުންނާނެއެވެ.





މި ވީޑިއޯއިން ގަތަރުން ހަދިޔާކުރި 8-747 މަރުކާގެ މަތިންދާ ބޯޓާއި، އެއާ ގުޅިގެން އުފެދުނު ބައެއް ސުވާލުތަކުގެ އިތުރު މައުލޫމާތު ލިބިގެންދާނެއެވެ.

މި ބޯޓަކީ ބޮއިންގ 8-747 މަރުކާގެ ބޯޓެއް ކަމުން، މިއީ އެމެރިކާގެ ރައީސުންނަށް ލިބޭނެ ވަރަށް މުހިންމު އިތުރުވުމެކެވެ.



ކިޔުންތެރިންގެ ހިޔާލު