އެމެރިކާގެ ކޯސްޓް ގާޑުގެ ހެލިކޮޕްޓަރެއް އަލަސްކާގެ ސިޓްކާ ސަރަހައްދަށް ވެއްޓިއްޖެއެވެ. "އެމްއެޗް-60 ޖޭހޯކް" މަރުކައިގެ މި ހެލިކޮޕްޓަރު ވެއްޓުނީ ތަމްރީނު ދަތުރެއްގައި އުޅެނިކޮށް، ހާބަރ މައުންޓަން ކައިރިއަށެވެ.
މި ހާދިސާ ހިނގިކަން ކޯސްޓް ގާޑުގެ އާކްޓިކް ޑިސްޓްރިކްޓް ކޮމާންޑަށް އެނގުނީ ހެލިކޮޕްޓަރުގެ ލޮކޭޓަރ ބީކަން އެކްޓިވޭޓްވުމުން، ހޯމަ ދުވަހުގެ ހެނދުނު 10:07 ހާއިރުއެވެ.
މި ހާދިސާގައި ހެލިކޮޕްޓަރުގައި ތިބި ހަތަރު ފަޅުވެރިން ސަލާމަތްވެފައިވާއިރު، އެއްވެސް މީހަކު މަރުވެފައި ނުވާކަމަށް ރަސްމީ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.
ހާދިސާގެ ރިޕޯޓް ލިބުމާއެކު ސިޓްކާ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، އަނިޔާވި ހަތަރު މީހުން މައުންޓް އެޖްކަމްބް މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާ ދީފައެވެ.
އެމީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކޯސްޓް ގާޑުން ބުނެފައިވެއެވެ.
ކޯސްޓް ގާޑުގެ އާކްޓިކް ޑިސްޓްރިކްޓްގެ ކޮމާންޑަރ، ރިއަރ އެޑްމިރަލް ބޮބް ލިޓްލް ވަނީ، ފަޅުވެރިން ސަލާމަތުން ތިބިކަން އެނގުމުން ލިބުނު ހިތްހަމަޖެހުން ފާޅުކޮށް، އަވަސް ފަރުވާ ދިން ރެސްކިއު ޓީމަށް ޝުކުރު އަދާކުރައްވާފައެވެ. މި ހެލިކޮޕްޓަރު ވެއްޓުނު ސީދާ ސަބަބު އަދި ސާފުވެފައި ނުވާތީ، ކަމާބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ALG
ކިޔުންތެރިންގެ ހިޔާލު