މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް
މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، މިހާތަނަށް 1.1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ފޯރުކޮށްދީފައިވާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ވައުދުފުޅެއްކަމުގައިވާ މި ނިޒާމު، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަމަލީ ގޮތުން ތަންފީޒުކުރަމުން އަންނައިރު، މަސްވެރިންނަށް ފައިސާ ދިނުމުގައި ކުރިން ދިމާވި ދަތިތަކަށް މިހާރު ވަނީ ބޮޑެތި ހައްލުތަކެއް ގެނެސްފައެވެ.

ވަކިން ހާއްސަކޮށް، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި ހުރި 250 މިލިއަން ރުފިޔާގެ ދަރަނި ހިމެނޭހެން، ޖޫން މަހުގެ ނިޔަލަށް ޖުމްލަ 1،175،803،626.60 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.

މި މަސައްކަތްތަކަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ދިމާވާ މާލީ ދަތިތަކަށް ދާއިމީ ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމުގެ ނަތީޖާއެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސްވެރިންނަށް ފަހިވާނެހެން މާލީ އަދި އިދާރީ ފަސޭހަތައް ހޯދައިދީ، ސިނާއަތުގެ ކުރިއެރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު