ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އާއިލާތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު، އެ ރަށުގެ އިދާރީ ކަންކަން ބަލަހައްޓަމުންދާ ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ހޯރަފުށީ ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށުގައި ވަޒަންވެރިވުމަށް ރަސްމީކޮށް ދައުވަތު ދިނުމާ ގުޅިގެންނެވެ. ހަނިމާދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން މިގޮތަށް ނިންމާފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެއީ އެ ކައުންސިލްގެ ކުރީގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް ނިންމާފައިވާ ނިންމުމެކެވެ.
ހޯރަފުށީ ކައުންސިލުން އޭރު ފޮނުވާފައިވާ ރަސްމީ ސިޓީއާ ހަވާލާދީ ހަނިމާދޫ ކައުންސިލުން ބުނީ، ހޯރަފުއްޓަށް ބަދަލުވާން ޝައުގުވެރިވާ ފަރާތްތަކުން އިއްޔެއިން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރަން ޖެހޭނެ ކަމަށެވެ.
ނަން ނޯޓުކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ހަނިމާދޫ އަވަށު އޮފީހަށް ނުވަތަ ހަނިމާދޫ ކައުންސިލް އިދާރާއަށް ހާޒިރުވެގެންނެވެ. މީގެ އިތުރުން، ކައުންސިލްގެ ރަސްމީ މެއިލް މެދުވެރިކޮށް ނުވަތަ 4002064 ނަންބަރު ފޯނަށް ގުޅައިގެން ވެސް ނަން ނޯޓުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން ހޯރަފުށީ ކައުންސިލުން ބުނެފައިވަނީ، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށުން ގޯތި ދިނުމަށް ނިންމާފައިވަނީ ކުރީގެ ކައުންސިލުން ކަމަށެވެ. މިހާރު އޮތް އާ ކައުންސިލުން މި މައުޟޫއަށް އަދި ރަސްމީކޮށް މަޝްވަރާކޮށްފައި ނުވި ނަމަވެސް، ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ ރައްޔިތުންގެ އަދަދަށް ބަލައި، އެކަމުގައި ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން އެ ކައުންސިލުން ވަނީ ދީފައެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު