އަމާނާތްތެރިކަމަކީ ހަމައެކަނި މީހުން ރައްކާކުރަން ހަވާލުކުރާ މުދަލަށް ރައްކާތެރިވުން ނޫން ކަމަށާއި، އެއީ މާތް اللهގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ހަވާލުކުރެވިފައިވާ ހުރިހާ ކަމެއް ހިމެނޭ ފުޅާ މާނައެއް އޮތް ކަމެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"އަމާނާތްތަކަށް ރައްކާތެރިވުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ، ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި، ޙައްޖުވުމުގެ އިތުރުން ތެދުބަސް ބުނުމާއި ދަރަނި އަދާކުރުމަކީ ވެސް އަމާނާތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ކަމަށެވެ.
ޚުތުބާގައި ބުނީ އިންސާނާގެ ގުނަވަންތަކަކީ ވެސް އަމާނާތެއް ކަމަށެވެ. އެގޮތުން ލޮލުން ޙަރާމް ތަންތަނަށް ނުބެލުމަށާއި، ކަންފަތުން ޙަރާމް އަޑުތައް ނޭހުމަށާއި، ދުލުން މީހުންގެ އަބުރު ކަތިލުމާއި ޣީބަބުނުމުން ދުރުހެލިވުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި ދަރިންނަކީ ވެސް އަމާނާތެއް ކަމަށާއި، އެކުދިން ހެޔޮގޮތުގައި ތަރުބިޔަތު ނުކޮށްފިނަމަ އެވެވެނީ އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް ޚުތުބާގައި ބުންޏެވެ.
އަމާނާތަށް ޚިޔާނާތްތެރިވުމުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، އެއީ މުނާފިޤުންގެ ސިފައެއް ކަމަށެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވާ ގޮތުން، އަމާނާތެއް ހަވާލުކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރިވުމާއި، ވާހަކަ ދައްކާއިރު ދޮގުހެދުމާއި، ޢަހުދާ ޚިލާފުވުމަކީ މުނާފިޤުންގެ ސިފަތަކެވެ. މީގެ އިތުރުން އަމާނާތްތެރިކަމެއް ނެތް މީހާގެ އީމާންކަން ފުރިހަމަނުވާނެކަން ވެސް ޚުތުބާގައި ހަނދާންކޮށްދިނެވެ.
ދައުލަތުގެ މުދަލާއި ވަޒީފާގެ އަމާނާތާ ގުޅޭގޮތުން ޚުތުބާގައި ބުނީ، ދައުލަތާއި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ، އަމިއްލަ މީހެއްގެ މުދަލަށް ޚިޔާނާތްތެރިވުމަށްވުރެ ބޮޑު ކަމަށެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށް ވާތީއެވެ. ހަމައެހެންމެ، ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި ވަގުތަށް ފަރުވާކުޑަކުރުމަކީ ވެސް އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށް ބުންޏެވެ.
ޚުތުބާ ނިންމާލަމުން ވަނީ އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް މާތް الله އަމުރުކުރައްވާފައިވާކަން ހަނދާންކޮށްދީ، ދިރޭތަކެއްޗާއި ތިމާވެއްޓަކީ ވެސް އަންނަން އޮތް ޖީލުތަކަށްޓަކައި ހަވާލުކުރެވިފައިވާ އަމާނާތެއް ކަމުގައި ދެކި، އެތަކެއްޗަށް ރައްކާތެރިވުމަށް ގޮވާލާފައެވެ. އަމާނާތްތެރިވުމަކީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ކަމުގައިވާ ފިރުދައުސު ލިބޭނެ ސިފައެއްކަން ވެސް ޚުތުބާގައި ފާހަގަކުރިއެވެ.

USA
IRQ
FRA
ކިޔުންތެރިންގެ ހިޔާލު