މިއަދަކީ ކަލަންޑަރުގައި ފާހަގަކޮށްލެވޭ ރީތި ތާރީޚަކަށް ވާތީ، ދިވެހިންގެ ތެރޭގައި ޚާއްސަ މަގުބޫލުކަމެއް ލިބިފައިވާ މި ދުވަހު، މާލޭގައި 50 ކައިވެންޏެއް ކުރުމަށް ފެމިލީ ކޯޓުން ތާވަލުކޮށްފިއެވެ.
ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި 50 ކައިވެނީގެ ތެރެއިން 11 ކައިވެންޏެއް ކޯޓުގެ ތެރޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ބާކީ 39 ކައިވެނި ކުރަން ހަމަޖެހިފައިވަނީ ކޯޓުން ބޭރުގައެވެ.
ރީތި ތާރީޚުތަކުގައި ކައިވެނިކުރުމަކީ ދިވެހިންގެ ސަގާފަތުގައި ވަރަށް ޚާއްސަ ކަމެއް ދެވޭ ކަމަކަށް ވުމުން، މިފަދަ ދުވަސްތަކުގައި ފެމިލީ ކޯޓަށް އަބަދުވެސް އާދަޔާ ޚިލާފަށް ބާރުބޮޑުވެއެވެ.
އެގޮތުން މިއަދުވެސް ކޯޓުގެ ޚިދުމަތްތަކަށް ލޯޑު ބޮޑުވެފައިވާތީ، ކައިވެނި ކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކޯޓުގެ ބޭރުގައި ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
މިގޮތުން، ޓެންޓު ޖަހައި ގޮނޑިބަރިތައް އަތުރައި، ގިނަ އަދަދެއްގެ މީހުންނަށް ތިބެވޭނެ އިންތިޒާމު ފެމިލީ ކޯޓުން ވަނީ ހަމަޖައްސައިދީފައެވެ.

USA
IRQ
FRA
ކިޔުންތެރިންގެ ހިޔާލު