ވެނެޒުއޭލާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން "އޮޕަރޭޝަން އަމިސްތާދު"ގެ ނަމުގައި ޚާއްޞަ އެހީގެ މަސައްކަތެއް ފަށައިފިއެވެ.
މި މިޝަންގެ ދަށުން، އިންޑިއާގެ ވައިގެ ސިފައިންގެ ދެ ސީ-17 މަތިންދާބޯޓުގައި 35 ޓަނަށްވުރެ ގިނަ އެހީގެ ސާމާނު ވަނީ ވެނެޒުއޭލާއަށް ފޮނުވާފައެވެ.
މި އެހީގެ ތެރޭގައި ޒަރޫރީ ބޭސްތަކާއި، ސިއްހީ އާލާތްތަކުގެ އިތުރުން، ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ދެ 'ބިޝްމް ކިއުބް' ޕޯޓަބަލް ހޮސްޕިޓަލް ހިމެނެއެވެ.
މީގެ އިތުރުން، އިންޑިއާގެ އަސްކަރިއްޔާގެ ފީލްޑް ހޮސްޕިޓަލް ޔުނިޓަކާއި، 41 މެމްބަރުންގެ ޚާއްޞަ މެޑިކަލް ޓީމެއްވެސް ވަނީ އެހީގެ މަސައްކަތްތަކުގައި ބައިވެރިވުމަށް ވެނެޒުއޭލާއަށް ފޮނުވާފައެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އުނދަގޫ ދަނޑިވަޅުގައި ވެނެޒުއޭލާގެ ސަރުކާރާއި ރައްޔިތުންނާއެކު އިންޑިއާ ސާބިތުކަމާއެކު އޮތް ކަމަށާއި، އެ ޤައުމަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ.
މި އެހީތެރިކަމަކީ ގުދުރަތީ ކާރިސާތަކުގައި އެހެން ޤައުމުތަކަށް އެހީވުމަށް އިންޑިއާއިން ގެންގުޅޭ އުސޫލުތަކުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

USA
IRQ
FRA
ކިޔުންތެރިންގެ ހިޔާލު