ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، އަބްދުﷲ ސޯދިގް (ސޯބެ) އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ދާއިރާގެ ތަރައްޤީއާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
މިއީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު މަޖިލިސް މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު، ރަސްމީ މަސައްކަތްތައް ފެށްޓެވުމަށްފަހު ސޯބެ އައްޑޫއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދެ ފަރާތް ގުޅިގެން ކުރިއަށް ދެވިދާނެ މަގުތަކާއި، ދާއިރާގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމާއި، މިހާރު ހުއްޓިފައި ހުރި ތަރައްޤީގެ މަޝްރޫޢުތައް އަލުން ފެށުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު އެއް އަމާޒަކީ ސިޓީ ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކައުންސިލާއި ރައްޔިތުންގެ މަޖިލީހާ ގުޅިގެން މަސައްކަތްކުރާނެ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމެވެ.
އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރުގެ މަޤާމުގެ އިތުރުން ޖުމްލަ ތިން ދައުރެއްގައި މޭޔަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ސޯބެ، މެންބަރެއްގެ ހައިސިއްޔަތުން ކައުންސިލާ ބައްދަލުކުރެއްވިއިރު، މި ބައްދަލުވުމަކީ އައްޑޫގެ ތަރައްޤީއަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު