ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރިގެން ދިޔައިރުވެސް، އަތޮޅުތަކުގެ ރައްޔިތުންނަށް ހަގީގީ އިދާރީ، މާލީ އަދި އިގްތިސާދީ މިނިވަންކަން ލިބިފައި ނުވާ ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ މިކަން ފާޅުކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުއާއު ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުން ތިބީ އެއްވެސް ބާރުވެރިކަމެއް ނެތް ހާލަތެއްގައި ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ މެންބަރުން ސަރުކާރުގެ އަޅުންނަށް ވެފައިވާ އިރު، އާންމު ވަޒީފާތަކުގައި ތިބި ފަރާތްތައް ބިރުވެރިކަމެއްގެ ތެރޭގައި ތިބެންޖެހި، ދޫބަންދުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޝުއާއު ވިދާޅުވީ، ސިޓީގެ ނަރުދަމާ ނިޒާމު ފެއިލްވެ، މަގުތަކާއި އާންމު މައިދާންތަކަށް ނަޖިސް ބޭރުވަމުންދާ ކަމަށެވެ.
މީގެއިތުރުން، މައި ލިންކް ރޯޑާއި އެހެނިހެން މަގުތައް ބޭނުންނުކުރެވޭ ވަރަށް ވީރާނާވެފައިވާ އިރު، ކަރަންޓުގެ ޚިދުމަތްވެސް އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން އެއްވަރަކަށް ޓެކްސް ދައްކަމުންދާއިރުވެސް، އަސާސީ ޚިދުމަތްތަކުން މަޙްރޫމްވަމުންދާކަމުގެ ޝަކުވާ އޭނާ ކުރެއްވިއެވެ.
އިންތިޚާބުތަކާ ދިމާކޮށް އައްޑޫގެ ބިންތައް އެކި މަޝްރޫޢުތަކަށް ކަނޑައަޅައި، އެ ބިންތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން މިހާރުގެ ސަރުކާރުން "ހުސްވައްކަން" ކުރަމުންދާ ކަމަށް ތުހުމަތުކުރައްވަމުން، ޝުއާއު ވަނީ ހަންކެޑެއަކީ އޭގެ މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ.
އަދި ސަވާހިލި ފަދަ ތަންތަން އަތުލުމަކީ، އައްޑޫގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކައުންސިލާއި އަމިއްލަ ފަރާތްތަކުން ވަމުންދާ ގުރުބާނީގައި ކޮޅުފައިން ޖެހުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ހުރިހާ ކަމަކަށް އަލިއަޅުއްވާލެއްވުމަށްފަހު، ޑެޕިއުޓީ މޭޔަރު ވަނީ ހަގީގީ މިނިވަންކަމާއި ހައްގުތައް ކަށަވަރުކުރުމަށްޓަކައި ދެން އޮތީ ކޮން ގޮތެއްތޯ ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު