ޣައްސާން މައުމޫން (ކ) އާއި، ރައީސް މައުމޫން (މ). އަދި އަނދުން ޙުސެން (ވ)
ޣައްސާން މައުމޫން (ކ) އާއި، ރައީސް މައުމޫން (މ). އަދި އަނދުން ޙުސެން (ވ)
ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށް ދައުވާ ކުރާ އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ލިބުނު ނަމަވެސް އެޕާޓީން ރައީސް މައުމޫނަށް ތުހުމަތުކުރާ ކަންތައްތަކާމެދު ފިޔަވަޅު ނާޅާތީ ރައީސް މައުމޫންގެ ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫން، އެމްޑީޕީގެ މަޖިލިސް މެމްބަރު އަނދުން ޙުސައިނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

މީސް މީޑިއާގެ ޓްވިޓަރ ގައި ބަދަލުކުރެވިފައިވާ މި ބަހުގެ ޙަމަލާތައް ފެށިފައި ވަނީ، ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ގުޅޭ ގޮތުން ސަރުކާރަށް ފާޑު ވިދާޅުވެ ޣައްސާނު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޣައްސާންގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ޒުވާން ވިސިލްބްލޯވަރުންގެ އައިޑެންޓިޓީގެ ސިއްރުކަން ހިފަހައްޓައި، އެމީހުންނަށް ރައްކާތެެރިކަން ފޯރުކޮށްދީ ޙައްޤުތައް ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. އަދި ޒުވާނުންގެ ދުވަހު ސަރުކާރުން ޒުވާނުންނަށް ދޭ މެސެޖަކީ މީތޯ ޣައްސާން ސުވާލު ކުރައްވާފައިވެއެވެ.

ޣައްސާންގެ ޓްވީޓަށް ރައްދު ދެއްވަމުން އަނދުން ހުސައިން ވިދާޅުވީ، ޣައްސާންގެ ޓްވީޓްގައިވަނީ ޣައްސާން ދެއްކެވުން ލަދުވެތި ވާހަކަތަކެއް ކަމަށެވެ. އަދި މާފުށީ ޖަލުގައި ބަޑިޖެހި ދުވަހުގެ ފޮޓޯތަކެއް ހިއްސާކުރަށްވައި އަނދުން ހުސެއިން ވިދާޅުވީ، އެ ފޮޓޯތަކުގައިވާ މީހުން މަރަން އޯޑަރުދެއްވީ ޣައްސާންގެ ބައްޕާފުޅުކަމަށެވެ.



އަނދުން ހުސައިންގެ މި ޓްވީޓަށް ވަރުގަދަ ރައްދެއް ދެއްވަމުން ޣައްސާން ވިދާޅުވީ، ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށް ދައުވާ ކުރާ އެމްޑީޕީއަށް ދެފަހަރު ވެރިކަން ލިބިފައިވާއިރު، އެ ތުހުމަތަކީ ތެދު ކަމުގައިވާނަމަ ފިޔަވަޅު ނާޅާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

މީގެ ކުރިންވެސް ރައީސް މައުމޫނާ ބެހޭގޮތުން އެމްޑީޕީގެ އިސްބައެއް ބޭފުޅުން ދައްކަވާ މިޒާތުގެ ވާހަކަތަކަށް ޣައްސާން ވަނީ ރައްދު ދެއްވާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ރައީސް ޔާމީނާއި ބައްޕާފުޅު، މައުމޫނާއި ދެމެދު ހިނގާދިޔަ ސިޔާސީ ކޯޅުން ތަކުގައި ޣައްސާންގެ ބައްޕާފުޅާއި، ބޭބޭ ފުޅާއި، ދައްތާފުޅުގެ ފިރިކަލުންނަށް ޖަލުގައި ދިން އަނިޔާތަކާމެދު ބަހެއް ވިދާޅުވެފައި ނުވި ނަމަވެސް، ވެރިކަން ބަދަލުވީ ފަހުން ޣައްސާން ވިދާޅުވަމުން ގެންދަވަނީ، "ފެނަށްވުރެ ލޭ އޮލަވާނެ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ހަސަން

25-Oct-2020

އޭރު ރުފިޔާ ގަންޑު ދެނިގެން ލޭގިންޑު ވީ ކަންނޭގެ


13

އަލީ

25-Oct-2020

މިހާރު ބަންޑު ހަންޑޫ ގަންޑު ނުލިބޭތީ ތެޅި ބާލަނީ


-11

އަހުސަމް

24-Oct-2020

ފެނައް ވުރެ ލ އޮލަނަމަ ޅިއަނުއާއި ބޭބޭފުޅު ޖަލުގައި އޮތްއިރު ކީއްވެތޯ ޗުއްޕު ކިޔައިގެން ހުރީ


-1

!

23-Oct-2020

ޣައްސާނަށް އޭނާގެ ބައްޕާފުޅު މިދައުރުގަވެސް ޖަލަށް ނުލެވިގެން އެއުޅެނީ ހާދަހާ ހިތްދަތި ވެގެންހެން ހީވެޔޭ! ބޮޑުބޭބެގެ ވެރިކަމުގައި ބައްޕާ ފުޅާއި އެއްބަނޑު އެއްބަފާ ބޭބެޔާ ޅިޔަނު ޖަލަށް ކޮށްޕާލުމުގެ ހުރިހައި ރޭވުމެއް ރާވައި އެކަން ކާމިޔާބުވުމުން އަތްޖަހާން ހުރިތަން ދިވެހީން އޮތީ ދެކެފަ! އަނެއްކާ މިދައުރުގަވެސް އެކަން ނުވެގެން ކެހެނި އެޅީ ތޯއްޗެ!



ޓްރެންޑިން