މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ޤާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭންޖެހޭ ވާހަކަ ކަމަށާއި، ކޯލިޝަންގެ ވާހަކައެއް ނެތްކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ދިފާޢުކުރަށްވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް މި ސަރުކާރުން ދީފައިވާ ހެލްތު މިނިސްޓްރީގެ ޖާގައަށް އެމްޑީޕީގެ ބޭފުޅަކު އައްޔަން ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ސަރުކާރު ކޯލިޝަން މިހާރު ދެމިއޮތްކަމާމެދު އުފައްދާ ސުވާލުތަކަށް ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވީ، ޤާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކޮށްދޭންޖެހޭ ވާހަކަ ކަމަށެވެ.

"ގާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭން ޖެހޭނެ ވާހަކަ. ކޯލިޝަނުގެ ވާހަކަ އެއް ނެތް. ދައުލަތުގެ ވުޒާރާ ތަކަކީ އެއްވެސް ހާލަތެއްގައި ވަކި ބަޔަކަށް ހިބަކޮށް ދެވޭނެ ތަންތަނެއް ނޫން." ބޮންޑެ ވިދާޅުވި އެވެ.

ކޯލިޝަންގެ ވާހަކަ ޤާނޫނު އަސާސީގައި ނެތްކަމަށާއި، ވަކި ބަޔަކަށް ދަޢުލަތުގެ ވުޒާރާތައް ހިބަކޮށް ނުދެވޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ މިގޮތަށް ވިދާޅުވާއިރު ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށް އެއްބަސްވީ ވެސް ގާނޫނު އަސާސީގައި އެފަދަ އެއްވެސް ވާހަކައެއް އޮވެގެނެއް ނޫނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރަށްވަނީ ވެސް ވަކި ޕާޓީއެއްގެ ނަމަކު ނޫނެވެ. 2018 ވަނަ އަހަރު ވެރިކަން ހޯދުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އެކުގައި މަސައްކަތް ފެށީ ކޯލިޝަންގެ ބައިވެރިންނަށް ސަރުކާރުން ހިއްސާވާ ގޮތަށް އެއްބަސް ވެގެން ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ހެލްތް މިނިސްޓަރަކަށް ހުންނެވި އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ އިސްބޭފުޅެކެވެ. އެނގިފައިވާގޮތުގައި ރައީސް އިބްރާހިމް ހެލްތް މިނިސްޓަރު ކަމުގެ މަގާމަށް އަޙްމަދު ނަސީމް އައްޔަން ކުރެއްވީ އެމަގާމަށް އައްޔަންކުރުމަށް ޖުމުހޫރީ ޕާޓީ އަށް ފެންނަ ނަންތަކެއް ރައީސަށް ހުށައަޅާފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން