އޮސްޓްރޭލިއާގެ ކުއީންސްލެންޑްގެ އައްސޭރިފަށުގެ ސަރަހައްދުތަކުން އާދަޔާ ހިލާފު ކަޅުކުލައިގެ ބޯޅަތަކެއް ފެނުމާ ގުޅިގެން، އެއީ ޖައްވީ ކުނިބުނީގެ ބައެއް ކަމަށް ބެލެވޭތީ ކަމާބެހޭ އިދާރާތަކުން ނުރައްކަލުގެ އިންޒާރު ނެރެފިއެވެ.
ކުއީންސްލެންޑްގެ ފޮރެސްޓް ބީޗް ހިމެނޭ ސަރަހައްދުތަކުން މިފަދަ ހަ ބޯޅައެއް ފެނިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ 50 މީޓަރުގެ ރޭޑިއަސްއެއް ވަނީ ވަގުތުން ބަންދުކޮށްފައެވެ. ކުއީންސްލެންޑް ފަޔަރ އެންޑް ރެސްކިއު (ކިއުއެފްއާރު) އިން މިހާރު ވަނީ މި ތަކެތި ރައްކާތެރިކަމާއެކު ނަގައި، އެއީ ކޮން އެއްޗެއްކަން ދެނެގަތުމަށްޓަކައި ޚާއްޞަ ޑްރަމްތަކެއްގައި ބަންދުކޮށް ތަހުލީލުތައް ފަށާފައެވެ.
އޮސްޓްރޭލިއާގެ ނޭޝަނަލް އިމަރޖެންސީ މެނޭޖްމަންޓް އެޖެންސީން ލަފާކުރާ ގޮތުގައި މި ބޯޅަތަކަކީ ރޮކެޓް ލޯންޗުތަކުން ވަކިވެގެން ވެއްޓިފައިވާ ބައިތަކެކެވެ. ބެލެވޭ ގޮތުގައި މިއީ ސެޓެލައިޓްތަކާއި ޖައްވީ އުޅަނދުތަކުގައި ބޭނުންކުރާ ޓައިޓޭނިއަމް އެލޮއި އިން އުފައްދާފައިވާ 'ހައިޑްރަޒިން' ފިއުލް ޓޭންކުތަކެކެވެ. ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި ހައިޑްރަޒިންއަކީ އިންސާނުންގެ ސިއްހަތަށް ނުހަނު ނުރައްކާތެރި، ވިހަ މާއްދާއެކެވެ. މިއީ ކެންސަރަށް މަގުފަހިކުރުވާ ކެމިކަލެއް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މިފަދަ ތަކެތި ފެނިއްޖެނަމަ އެއްވެސް މީހަކު އޭގައި އަތްނުލުމަށާއި، ވީހާވެސް ދުރުގައި ތިބެގެން ކަމާބެހޭ ފަރާތްތަކަށް ވަގުތުން ރިޕޯޓުކުރުމަށް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ. އޮސްޓްރޭލިއާގެ އައްސޭރިފަށަށް ޖައްވީ ކުނިބުނި ލެއްގުމަކީ މީގެ ކުރިންވެސް ހިނގާފައިވާ ކަންކަމެވެ. އެގޮތުން 1979 ގައި ވެއްޓުނު ސްކައިލެބް ސްޓޭޝަންގެ ބައިތަކާއި، ފަހުގެ ތާރީޚުތަކުގައި ފެނުނު ޖައްވީ އާލާތްތައް ފާހަގަކޮށްލެވެއެވެ.
އޮސްޓްރޭލިއަން ސްޕޭސް އެޖެންސީން މިހާރު ދަނީ މި ހާދިސާ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ޝައްކުކުރެވޭ އެއްވެސް އެއްޗެއް ފެނިއްޖެނަމަ ލަސްނުކޮށް އެ އެޖެންސީއަށް އެންގުމަށް އާންމުންނަށް ވަނީ އިރުޝާދު ދީފައެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު