ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ބޭރު ފައިސާގެ އަގު އުފުލިފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓި، އަގު ތިރިނުވެގެން އުޅެނީ އެމްޑީޕީގެ ދެ ސަރުކާރުން އިގްތިސާދީ ގޮތުން ނިންމާފައިވާ ނުރަނގަޅު ނިންމުންތަކުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ގާނޫނު ސަސްޕެންޑްކޮށް، އިންތިހާއަށް ފައިސާ ޗާޕްކުރުމާއި، 10 ރުފިޔާ އާއި 15 ރުފިޔާ އާ ދެމެދުގެ ބޭންޑަކަށް ޑޮލަރުގެ ރޭޓް ފްލޯޓް ކުރުމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އަދި އެކަންކަމުގެ ނޭދެވޭ އަސަރުތަކުން މިހާތަނަށް ވެސް އަރައިގަނެވިފައި ނުވާކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕީއެންސީއަށް ލިބުމަކީ ރާއްޖޭގެ ނަސީބު ކަމަށެވެ. އެހެން ނޫންނަމަ ރާއްޖެ ބަނގުރޫޓުވުމުގެ ބިރު އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ ކާމިޔާބީތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 1.2 ބިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން ދައްކާފައިވާ ކަމަށެވެ.
"ބައްލަވާ 1.2 ބިލިއަން ޑޮލަރުގެ ދަރަންޏޭ މި ދެއްކީ ދެ އަހަރުގެ ތެރޭގައި. ރާއްޖެ ބަނގުރޫޓް ނުވެ، ރާއްޖޭގެ 26 ބާވަތުގެ އަސާސީ މުދާ ރައްކާތެރިކަމާއެކު ގެންގުޅެމުން 164 ބާވަތުގެ އެސެންޝަލް މުދާ ދުވަހުން ދުވަހަށް ބެލެހެއްޓެމުން މިދަނީ." މިނިސްޓަރ ވިދާޅުވިއެވެ.
ހަމައެއާއެކު އޭނާ ވިދާޅުވީ، ދަރަނިވެރިވެފައި އޮތް ކުންފުނިތައް ކޮޅަށް ޖަހައި، ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދައްކަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވަމުން އަންނަނީ މިފަދަ ދަތި ހާލަތެއްގައި ވެސް ކެތްތެރިކަމާއެކު މަސައްކަތް ކުރުމުން ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20.20 ރުފިޔާ އާއި 21 ރުފިޔާ އާ ދެމެދުގައެވެ. މުދާ އެތެރެކުރާ ކުންފުނިތަކުން ބުނާ ގޮތުގައި ބޭންކުތަކުން ދޭ ޑޮލަރު ސަޕޯޓު ދަށްވުމުގެ ސަބަބުން ކަޅު ބާޒާރުން ޑޮލަރު ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، މުދަލުގެ އަގު އުފުލުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު