ޢަބްދުﷲ ޝާހިދަކީ މިވަގުތު ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސްއެވެ. އަދި އޭނާ އަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވަފާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ލީޑަރެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންހިނގާ ގޮތަށް ބަލާއިރު، ވަކި ބޭފުޅަކީ ޕާޓީއެއްގެ "ފިކުރުގެ ލީޑަރު" ކަމާމެދު އެޕާޓީއެއްގެ އާންމުންގެ މެދުގައި ތަފާތު ޚިޔާލުތައް ފާޅުކުރަމުންދެއެވެ. އެހެންކަމުން މިފަދަ ފަރާތްތަކުން ޖަހަމުންދާ މަޅިތަކުން ނެއްޓުމަށް ޝާހިދަށް އޮތީ ބޮޑު ގޮންޖެހުމެކެވެ.
މިކަމާ ގުޅޭގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ ޢަބްދުﷲ ޝާހިދަކީ އެމްޑީޕީގެ މެންބަރުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ އެ ޕާޓީގެ ރައީސްއަށް ނުވުމެވެ. އޭނާއަށް މަޤާމު ލިބުނީ ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުންގެ "ކުޑަ ކާފު"، "ބޮޑު ކާފު" ވޯޓަކުންނެވެ. އެހެންނަމަވެސް، ސިޔާސީގޮތުން އޭނާއަކީ މިވަގުތު ޕާޓީގެ އެންމެ އިސް އެއް ލީޑަރެވެ. އޭނާއަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރަށްވާފައިވާ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ.
ޙަގީގަތުގައި "އެމްޑީޕީގެ ފިކުރު"ގެ ލީޑަރަކީ ކޮބައިކަމާމެދު ޕާޓީގެ ތެރޭގައާއި، އާންމުންގެ މެދުގައި ބަހުސްތައް ކުރެވެއެވެ. ގިނަ ބަޔަކު އަދިވެސް "އެމްޑީޕީގެ އަސްލު ފިކުރުގެ" ލީޑަރެއްގެ ގޮތުގައި ބަލަނީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް ލީޑަރަކީ ކޮބައިކަމާއި، ޕާޓީގެ ފިކުރު ތަމްސީލުކުރަނީ ކޮން ބޭފުޅެއްކަމާމެދު ތަފާތު ނަޒަރިއްޔާތުތަކުން މީހުން މިންކޮށް ވަޒަންކުރެއެވެ. މިއީ ސިޔާސީ ދާއިރާގައި އާންމުކޮށް އޮންނަ ޚިޔާލުތަފާތުވުމެކެވެ.
ޢަބްދުﷲ ޝާހިދުގެ ސިޔާސީ ޙަޔާތާ ގުޅޭގޮތުން އެންމެ ޢާއްމު އެއް ވާހަކައަކީ، އޭނާއަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކަށް ވުމެވެ. ހަމައެއާއެކު އޭނާގެ ކިބައިގައި އަދިވެސް "މައުމޫނީ ފިކުރު" ހުރިކަމަށް އެމްޑީޕީގެ އިސްބައެއް ފަރާތްތަކުން ކުރާ ތުހުމަތެވެ. އެވެރިކަމުގެ ކޮއިލުގެ ތެރޭގައި އުޅުއްވި "ބޭފުޅުންގެ" ފަރާތުން ޝާހިދަށްވެސް "ބޭފުޅުކަމާއި"، "މަވެތި އަޚްލާޤު" ވާރުތަވެ އެކަމުން އަދިވެސް އަރައިގަނެވިފައި ނުވާކަމުގެ ތުހުމަތެވެ. ނަމަވެސް ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ އިޞްލާޙީ މަސައްކަތްތަކާއި، ޑިމޮކްރެޓިކް ހަމަތަކަށް ތާއީދުކުރަށްވާތީ ކަމަށް އޭނާ ޕާޓީއަށް ގުޅިވަޑައިގެންނެވި "އާބާރެއް" ޖަލްސާގައި ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 13 އަހަރު ދުވަހު އޭނާ ހުންނެވީ ދެގޮތެއްނުވެ އެމްޑީޕީގެ ސިޔާސަތުތައް ދެމެހެއްޓުމުގައި ސާބިތުކަމާއެކުގައެވެ.
ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ ޕާޓީއަށް އެންމެ ދަތި އުނދަގޫ ދުވަސްވަރުގެ ތެރޭގައެވެ. 2013 ވަނަ އަހަރު އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓި، ޕާޓީ އިދިކޮޅު ހަރަކާތްތަކުގައި އޮތް ވަގުތެއްގައެވެ. ޝާހިދަކީ ހަމައެކަނި ރައީސް މައުމޫނުގެ އަރިހުގައި އެމަނިކުފާނުގެ ސަރުކާރުގައި އުޅުއްވި ބޭފުޅެއް ނޫނެވެ. ރާއްޖެއަށް މިނިވަން ޚިޔާލު ތައާރަފުކުރުމަށް ކުރެވުނު ކުރީގެ މަސައްކަތްތަކުގައި އޭނާގެ ބައިވެރިވުން ކޮންމެސް ވަރަކަށް އޮތެވެ. މަޝްހޫރު "ސަންގު" މަޖައްލާގައިވެސް އޭނާގެ ދައުރެއް އޮތްކަމުގެ އަޑުތައް އިވެއެވެ. އެހެންކަމުން މިއީ އޭނާގެ ޚިޔާލާތުގައި "އިޞްލާޙީ ފިކުރުގެ ބޮކި" މާކުރިންވެސް ނިވިދިއްލެމުން ދިޔަކަމުގެ ދަލީލެއް ކަމަށް އޭނާގެ ސަޕޯޓަރުން ދެކެއެވެ.
އެމްޑީޕީ "މަގުމަތިވެފައި" އޮތް ހާލަތެއްގައި ޕާޓީއާ ގުޅިވަޑައިގެންނެވުމުގެ އިތުރުން އޭނާގެ އިޚްލާޞްތެރިކަން ޕާޓީއަށް ދައްކަވައި އޭގެފަހުން ވޭތުވެދިޔަ 13 އަހަރު ދުވަހު އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި، އެންމެ ކުރީ ސަފުގައި ސާބިތުކަމާއެކު ޝާހިދު ހުންނެވިއެވެ. އެހެން ނަމަވެސް އަދިވެސް ޝާހިދު މަސައްކަތް ކުރަށްވަން ޖެހިފައިވަނީ އޭނާއާ މެދު އުފެދިފައިވާ "މައުމޫނީ ފިކުރުގެ" ތުހުމަތުތަކުން ދުރުވެ، އޭނާއަކީ އެމްޑީޕީގެ އަސްލު އުޞޫލުތަކަށް ތަބާވާ، އަދި އެ ފިކުރު ދެމެހެއްޓުމަށް މަސައްކަތްކުރާ ލީޑަރެއްކަން ސާބިތުކޮށް ދެއްވުމަށެވެ. އެމްޑީޕީގެ އާންމު ބައެއް މެންބަރުންގެ މެދުގައި އަދިވެސް އޭނާގެ "ސިޔާސީ ފިކުރާ" މެދު ސުވާލު އުފެދިފައި އޮތުމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް އޭނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހެވެ.

BEL
EGY
COL
ކިޔުންތެރިންގެ ހިޔާލު