މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހާއްސަ އޮފީހެއް ގާއިމްކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ އޮފީސް އުފެއްދެވީ މިހާރު ހުރި ސިސްޓަމްގެ ތެރެއިން ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގާއިމްކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި އޮފީހަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅަނދުތައް އިތުރުވެ، ތޮއްޖެހުމުގެ މައްސަލަ އިންތިހާއަށް ބޮޑުވުމާ ގުޅިގެން އެކަމަށް އަވަސް ހައްލެއް ހޯދުމަށް ގާއިމްކުރި ތަނެކެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި އޮފީސް ހިންގުމަށް އިތުރު މުވައްޒަފުން ނުނަގާނެ ކަމަށާއި، މަސައްކަތް ކުރިއަށްދާނީ މިހާރުވެސް މިދާއިރާގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ ރިސޯސްތައް ބޭނުންކޮށްގެން ކަމަށެވެ.
"އިތުރު ވަކި މުވައްޒަފުންތަކެއް ނެގުމަކާ ނުލައި، މިހާރުވެސް މިދެންނެވި ހުރިހާ މުއައްސަސާއެއްގައި ހުރި ރިސޯސްތައް ބޭނުންކޮށްގެން ސެންޓްރަލައިޒްޑް ގޮތަކަށް މި މަސައްކަތް ކުރުމަށްޓަކައި ގްރޭޓަރ މާލޭ ޓްރާންސްޕޯޓް އޮފީހެއް މި ގާއިމްކުރީ. އެއީ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކުރެއްވި ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އަލަށް ގާއިމްކުރި އޮފީހުގެ މަސައްކަތަކަށް ވާނީ މުއައްސަސާތައް ވަކިވަކިން މަސައްކަތް ކުރުމުގެ ބަދަލުގައި އެންމެންގެ ބައިވެރިވުމާއެކު މައްސަލަތައް ހައްލުކުރުން ކަމަށެވެ. މިގޮތަށް އެންމެންގެ ބައިވެރިވުމާއެކު މިކަންކަން ކުރިއަށް ގެންދިއުމުން މައްސަލައަށް އެދެވޭ އަވަސް ހައްލެއް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިހާރު ކަންކަންމަތީގައި ޕާކް ކުރިނަމަވެސް އެކަށީގެންވާ ފިޔަވަޅު އަޅައި ތަންފީޒު ނުކުރެވޭ ކަމަށެވެ. ނަމަވެސް އަލަށް ގާއިމްކުރެވުނު އޮފީހުގެ މަސައްކަތްތަކާއެކު، މިފަދަ ކަންކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކްގެ ކަންކަން މެނޭޖްކުރި ނަމަވެސް، ރާއްޖޭގައި އެ މަގުން ކަންކަން ކުރިއަށްގެންދަން ވަގުތު ނަގާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޓްރީޓް ޕާކިންގް، މެކޭނިކަލް ޕާކިންގް، އަދި އިތުރު ޕާކިންގް ބިލްޑިންގްތައް އަޅައި، އެ މަސައްކަތްތައް އަވަހަށް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު