އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ޚަލީޖުގެ ސަރަޙައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން މިވަނީ އިތުރުވެފައެވެ.
ފަހުގެ ޚަބަރުތައް ބުނާގޮތުން، އީރާނުގެ ބަނދަރުތައް ބަންދުކޮށް، ކަނޑުމަތީގެ ދަތުރުފަތުރު ހުއްޓުވުމަށް އެމެރިކާއިން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު، އީރާނުން ވަނީ އަވަށްޓެރި ޤައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ޙަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ އުޅަނދުތައް ކުވައިތުގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާއިރު، ބަޙްރައިނުގައި ވެސް ވަނީ ވައިގެ ޙަމަލާތަކުން ރައްކާތެރިވުމުގެ އިންޒާރުދޭ ސައިރަންތަކުގެ އަޑު ގަދަވެފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި، އީރާނުން ކުވައިތުގެ އަސްކަރީ އުޅަނދަކަށް ދިން ޙަމަލާއެއްގައި ހަތަރު ސިފައިން ޒަޚަމްވެފައިވެއެވެ. މި ޙަމަލާއާ ގުޅިގެން ރޯވި އަލިފާންގަނޑު ކުވައިތުގެ ފަޔަރ ފޯސްއިން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. މީގެ އިތުރުން، އުރުދުންގެ ވައިގެ ސަރަޙައްދަށް ވަން އީރާނުގެ ތިން މިސައިލެއް އެ ޤައުމުގެ އަސްކަރިއްޔާއިން ވައްޓާލާފައިވާކަން ވެސް ވަނީ ކަށަވަރުވެފައެވެ. މަސްރަޙް އިތުރަށް ގޯސްވަމުންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުން މަޝްވަރާގެ މޭޒަށް ނައިސްފިނަމަ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ ޤައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށާއި ފާލަންތަކަށް ޙަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު ދެއްވާފައެވެ.
މިކަމާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ، އެމެރިކާގެ 'އުދުވާނީ ޢަމަލުތައް' ހުއްޓާލަންދެން ހޮރުމުޒު ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، އެ ޤައުމުން ދެމުންދާ ޙަމަލާތަކަކީ ވިޔަފާރި އުޅަނދުތަކާއި އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެކެވެ. މިވަގުތު އެ ސަރަޙައްދުގައި އެމެރިކާގެ 50,000 އަށްވުރެ ގިނަ ސިފައިން ތިބިއިރު، ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ޚަލީޖުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަގުތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު