ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން، 2016 ވަނަ އަހަރު ތުރުކީގައި ހިނގި ނާކާމިޔާބު ބަޣާވާތުގެ މަސައްކަތް ހުއްޓުވުމުގައި ތުރުކީގެ ރައްޔިތުން ދެއްކި ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
ޖުލައި 15 ވަނަ ދުވަހު ފާހަގަކުރާ "ޑިމޮކްރެސީ އެންޑް ނޭޝަނަލް ޔުނިޓީ ޑޭ" ގެ މުނާސަބަތުގައި ރައީސް އުރްދުޣާން ދެއްކެވި ވާހަކަފުޅުގައި، އެ ބަޣާވާތަކީ ޤައުމާ ދެކޮޅަށް ހިންގި ވަރަށް ނުރައްކާތެރި ޚިޔާނާތްތެރި ރޭވުމެއްކަމަށާއި، ނަމަވެސް ޤައުމީ ފެންވަރުގައި ކުރި ހިތްވަރުގަދަ މަސައްކަތުން އެ ރޭވުން ނާކާމިޔާބުކޮށްލެވުނުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އުރްދުޣާން އިތުރަށް ވިދާޅުވީ، 10 އަހަރު ފާއިތުވެގެން ދިޔައިރު ވެސް، އެ ދުވަހު ނާކާމިޔާބުވި ފަރާތްތަކުން އަދިވެސް އެ ފަދަ ނުބައި ރޭވުންތައް ރާވަމުންދާކަމަށެވެ. އަދި ޑިމޮކްރެސީގެ ނަމުގައި ޤައުމުގެ އިދާރާތަކުގެ ތެރެއަށް ވަދެގަނެ، އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު އުފުލާ ފިކުރަކީ އަބަދުވެސް ސަމާލުވާންޖެހޭ ކަމެއްކަމުގައި އެމަނިކުފާނު އިންޒާރު ދެއްވިއެވެ.
ޚާއްސަކޮށް ފެތޯ ޖަމާޢަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެ ޖަމާޢަތަކީ ޤައުމުގެ ދުޝްމަނުންނަށް މަސައްކަތްކޮށްދޭ ބައެއްކަމަށެވެ. ނަމަވެސް، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ތުރުކީން ހޯދާފައިވާ ކުރިއެރުންތަކަކީ، އެ ޖަމާޢަތުގެ ނުރައްކާ ނައްތާލެވުމުން ލިބުނު ކާމިޔާބީތަކެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އުރްދުޣާން ވިދާޅުވީ، ތުރުކީގެ ކުރިއެރުމާއި ތަރައްޤީގެ އާ ޒަމާނެއް މިހާރު ފެށިފައިވާކަމަށާއި، އެއްވެސް ބާރަކަށް މި ކާމިޔާބީ ހުއްޓުވޭނެ ގޮތެއް ނޯންނާނެކަމަށެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު