އަހުމަދު ޔާމިން   25 އޮކްޓޯބަރު 2020 - 18:17
ސީޝެލްސްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ކެނޑިޑޭޓް ވެވެލް ރަމްކަލަވަން (ކ) އާއި، ނައިބު ރައީސް އަޙްމަދު އަފީފް (ވ)
ސީޝެލްސްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ކެނޑިޑޭޓް ވެވެލް ރަމްކަލަވަން (ކ) އާއި، ނައިބު ރައީސް އަޙްމަދު އަފީފް (ވ)
ސީޝެލްސްގެ ނައިބުރައީސް ކަމުގެ މަޤާމަށް ދިވެއްސަކު އިންތިޚާބު ވެއްޖެއެވެ.

މަޝްހޫރު ސުވައިދީބުގެ ރައީސްކަން ކުރެއްވި ޢަބްދުﷲ އަފީފްގެ ދަރިކަލުން އަޙްމަދު އަފީފް ސީޝެލްސްގެ ނާއިބު ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތީ އިއްޔެ ބޭއްވި ސީޝެލްސްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް ވެވެލް ރަމްކަލަވަންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރަށްވައި 54.9 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. މިހާތަނަށް އަޙްމަދު އަފީފް ހުންނެވީ ސީޝެލްސްގެ ޕާލަމެންޓްގެ ނައިބު ރައީސްގެ މަޤާމުގައެވެ.

ސީޝެލްސްގެ ރިޔާސީ އިންތިޚާބު އިއްޔެ ބާއްވާފައިވާއިރު މި އިންތިކާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 74634 އެވެ. އިންތިޚާބުގައި ތިން ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު މިހާރުގެ ރައީސް ޑެނީ ފޯރޭ އަށް ލިބިވަޑައިގަތީ 43.5 އިންސައްތަ ވޯޓެވެ.

އަޙްމަދު އަފީފަކީ އައްޑޫ ހިތަދޫ އެޅެދީދީގެ ޢަލީ ދީދީގެ ޢަބްދުﷲ ޢަފީފް ދީދީ އާއި ގަނޑަވަރި އަނީސާ ޢަލީ ދީދީގެ ދަރިކަލެކެވެ. އަޙްމަދު އަފީފްގެ ބޭބޭފުޅު މުޙައްމަދު އަފީފަކީ އިންތިޚާބުގައި ބަލިވި ރައީސް ޑެނީގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކެބިނެޓް އެފެއަރޒް އެވެ. މުޙައްމަދު އަފީފް ވަނީ ރައީސް ޞާލިޙްގެ ވެރިކަން ފެށުނުފަހުން ސިޝެލްގެ ރައީސްގެ މަންދޫބެއްގެ ޙައިސިއްޔަތުން ރާއްޖެއަށް ޒިޔާރަތް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މަކަނާ

27-Oct-2020

ދެވެއްއެެކޭކިޔުނީމަ ނުފުދޭ. ދިވެހިން ކިޔަނ'ި ދިވެހިގައުމަށް އެބައެއްގެ ފަރާތުންފައިދާކުރާމީހުންނަށް.ދިވެހި ގައުމުކަމުނުދާ މިހުން ނަށް ކިޔާ އެއްޗެއް ނުން.


-7

Kinboo

27-Oct-2020

ދިވެއްސަކައް ވާނީމުސްލިމަކައް ދހެކިހިނެއް އެމީހާދިވެއްސަކައްވީ


6

އައްބެ

27-Oct-2020

ވަރައް އުފާވެރި ހަބަރެއް މަރްހަބާ މަރްހަބާ



ޓްރެންޑިން