މަޝްހޫރު އެކްޓަރު ޓޮމް ހޮލެންޑް
މަޝްހޫރު އެކްޓަރު ޓޮމް ހޮލެންޑް
ވާރލްޑް ފުޓްބޯޅަ ސްޓާރު އެރްލިންގ ހާލަންޑް، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޮލެންޑް އޭނާއަށް ކެއުމަކަށް ދައުވަތު ދީ ފޮނުވި މެސެޖަށް ޖަވާބު ނުދީ އެތައް ދުވަހެއްފަހުން، އެ ދައުވަތު ރަސްމީކޮށް ޤަބޫލުކޮށްފިއެވެ.

މިދިޔަ މަހު މޮނާކޯ ގްރޭންޕްރީގެ ތެރެއިން ހާލަންޑް ފެނިގެން ޓޮމް ހޮލެންޑް އޭނާއަށް އިންސްޓަގްރާމް ޑީއެމް މެދުވެރިކޮށް ޑިނާ ޑޭޓަކަށް ދައުވަތު ދިން ނަމަވެސް، ހާލަންޑް އެ މެސެޖަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ފަހުން މަޝްހޫރު ޝޯއެއް ކަމަށްވާ 'ދަ ޓުނައިޓް ޝޯ' ގައި ވާހަކަ ދައްކަމުން ޓޮމް ހޮލެންޑް ވަނީ ހާލަންޑް އޭނާގެ މެސެޖު ކިޔާފައި ނުދޭކަން (ލެފްޓް އޮން ރީޑް) ޖޯކެއްގެ ގޮތަށް ހާމަކޮށްފައެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެން ހާލަންޑް ވަނީ ޓޮމް ހޮލެންޑްގެ ވާހަކަދެއްކި ކްލިޕަކަށް ކޮމެންޓުކޮށް، ޑިނާ ދައުވަތު ޤަބޫލުކުރާ ކަމަށް ބުނެފައެވެ. އޭނާ ބުނިގޮތުގައި ޓޮމް ހޮލެންޑް ފޮނުވި މެސެޖަށް ޖަވާބު ނދެވުނީ އޭނާއަކީ ފިލްމު ބަލައި އުޅޭ މީހަކަށް ނުވާތީ، ޓޮމް ހޮލެންޑަކީ ކާކުކަން ނޭނގި އާދައިގެ މީހަކު ކަމަށް ހީވުމުންނެވެ.

އަދި ކުޑަކޮށް ލަސްވުމަށްފަހު ނަމަވެސް ދައުވަތު ޤަބޫލުކުރާ ކަމަށާއި، ބައްދަލުކުރާނެ ތަނެއް ޓޮމް ހޮލެންޑަށް ކަނޑައެޅުމަށް ހާލަންޑް ވަނީ އެދިފައެވެ. މި ދެ ތަރިންގެ މި މަޖާ އަދި އެކުވެރި މުއާމަލާތަކީ މިހާރު އިންޓަނެޓުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު