ސިންގަޕޯރުގެ ސެންޓް ޖޯސެފްސް އިންސްޓިޓިއުޝަން (އެސް.ޖޭ.އައި) އިންޓަރނޭޝަނަލްގެ ދަރިވަރެއް ކަމަށްވާ އުމުރުން 15 އަހަރުގެ ޖެނާ ޗަން، 2024 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި މައްސަލައާ ގުޅިގެން، އެ ސްކޫލާ ދެކޮޅަށް ޖެނާގެ އާއިލާއިން ސިންގަޕޯރުގެ ހައިކޯޓަށް އިހުމާލުގެ ދައުވާއެއް ހުށަހަޅައިފިއެވެ.
ސިގަޕޫރުގެ "މަދާޝިޕް" ނޫހުން ބުނިގޮތުގައި ޖެނާގެ އުމުރުން 17 އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭނާގެ މައިންބަފައިން މި ދައުވާ ފައިލްކޮށްފައިވަނީ، 20 މަސްދުވަހަށްވުރެ ގިނަ ދުވަހު އެކަމުގެ ޒިންމާ ނުނަގައި ސްކޫލުން ކަންކަން ފޮރުވަން އުޅުމުން، އިންސާފު ހޯދުމަށްޓަކައި މަޖުބޫރުވެގެން ކަމަށް ބުނެފައެވެ.
ނޮވެމްބަރު 8، 2024 ގައި ހިނގި މި ހާދިސާގައި ޖެނާ ނިޔާވެފައިވަނީ ސްކޫލުގެ އައުޓްޑޯ އެޑިއުކޭޝަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ކުރިއަށްދިޔަ މެރިން ރިސާޗް ދަތުރެއްގައި، ސްނޯކްލިންގްއަށް ފޭބުމުގެ ތެރޭގައި ދުއްވަމުންދިޔަ ބޯޓެއްގެ ޕްރޮޕެލަރގައި ޖެހިގެންނެވެ.
މި ދަތުރު އިންތިޒާމުކޮށްފައިވަނީ ސްކޫލުން ކޮންޓްރެކްޓްދީގެން ގެނައި ޔޫކޭގައި ރަޖިސްޓަރކޮށްފައިވާ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވްސް ވޭލް ޝާކް ރިސާޗްޕްރޮގްރާމް (އެމް.ޑަބްލިއު.އެސް.އާރު.ޕީ) މެދުވެރިކޮށެވެ.
ނަމަވެސް، ސްކޫލުން ވަނީ މިފަދަ ހާދިސާތަކުގައި ދަރިވަރުން ރައްކާތެރިކުރުމުގެ ގާނޫނީ ޒިންމާއެއް އެ ސްކޫލުގެ މައްޗަށް ނުއޮންނާނެ ކަމަށް ބުނެ، ތިންވަނަ ފަރާތްތަކުގެ އިހުމާލަށް ސްކޫލް ޒިންމާނުވާނެ ކަމަށް ބުނެފައެވެ.
ހައިކޯޓަށް ހުށަހެޅި ސްޓޭޓްމަންޓް އޮފް ކްލެއިން ގައި ފާހަގަކޮށްފައިވާ ގޮތުގައި، ސްކޫލުން ވަނީ ދަތުރުދިޔަ މާހައުލާއި މޫސުމުގެ ހާލަތު ރަނގަޅަށް ނުބަލައި، އަދި ވެންޑަރުންގެ ގާބިލުކަން އެކަށީގެންވާ ގޮތެއްގައި ބެލުމެއްނެތި ދަރިވަރުން ނުރައްކާތެރި މާހައުލަކަށް ނެރެފައެވެ.
އަދި ހާދިސާއަށްފަހު، ކުރިއަށްދާ ތަހުގީގުތަކުގެ ނަމުގައި ސްކޫލުން އެއްވެސް މައުލޫމާތެއް އާއިލާއާ ހިއްސާކޮށްފައިނުވާތީ، ޖެނާގެ އާއިލާއިން ވަނީ ސިންގަޕޯރުގެ ސަރުކާރުން އަމިއްލަ ފަންޑުން ހިންގާ ސްކޫލްތަކުގެ ކަންކަން އިތުރަށް ބަލައި މޮނިޓާ ކުރުމަށްވެސް ގޮވާލާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު