15 މިލިއަނުން އެކަކަށް ނޫނީ ދިމާނުވާ ފަދަ އާދަޔާޚިލާފު ގޮތަކަށް، ސިފަ އެއްގޮތް އެއްމާބަނޑު ހަތަރު ކުދިން އޮސްޓްރޭލިއާގައި އުފަންވެއްޖެއެވެ.
މިޖުލައި މަހުގެ 14 ވަނަ ދުވަހު، ރޯޔަލް ބްރިސްބޭން އެންޑް ވިމެންސް ހޮސްޕިޓަލުގައި މި ހަތަރު ކުދިން ވިހާފައިވަނީ އުމުރުން 34 އަހަރުގެ ޖެނިޓާ ނައަމޯނާ ކިޔާ މީހެކެވެ.
މާބަނޑަށް 28 ހަފްތާއާއި 4 ވަނައަށްވީ ދުވަހު ސިޒޭރިއަން ހަދައިގެން އުފަންވި މި ހަތަރު ކުދިންނަށް ނަން ދީފައިވަނީ އެމިލީ، ހެރިއެޓް، ކެތަރިން އަދި އެލެކްސާގެ ނަމުންނެވެ. މި ކުދިންނަކީ އެއްވެސް ބޭސްވެރިކަމުގެ އެހީއަކާ ނުލައި، ގުދުރަތީ ގޮތުން އެއް ބިހެއް ހަތަރު ބަޔަށް ކެނޑިގެން އުފެދުނު "މޮނޯޒައިގޮޓިކް" ކުދިންނެވެ.
މެޑިކަލް މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ މާބަނޑުވުންތަކަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. މި ކޭސް ބެއްލެވި ޑޮކްޓަރު އެލެކްސާ ބެންޑަލް ވިދާޅުވި ގޮތުގައި، އެއްމާބަނޑު ހަތަރު ކުދިން އެއް މަހެއް ހިއްސާކޮށްގެން އުފަންވުމަކީ އޮސްޓްރޭލިއާގައި ރެކޯޑު ކުރެވުނު މިފަދަ ފުރަތަމަ ހާދިސާއެވެ.
ނުރައްކާ ބޮޑު މާބަނޑުވުމަކަށް ވީތީ، ޖެނިޓާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔައީ 25 ވަނަ ހަފްތާއިން ފެށިގެންނެވެ. ޑޮކްޓަރުންގެ އުންމީދަކީ 28 ހަފްތާއާ ހަމައަށް ކުދިން ބަނޑުގައި ބޭތިއްބުމެވެ. މި އަމާޒަށް ވާސިލްވެ، ސިއްހަތު ސަލާމަތުން ހަތަރު ކުދިން އުފަންވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޑޮކްޓަރުން ސިފަކުރެއެވެ.
މި ހަތަރު ކުދިންނާއެކު ޖެނިޓާގެ އާއިލާގެ މެންބަރުންގެ އަދަދު މިހާރު ވަނީ ދެގުނަވެފައެވެ. ޖެނިޓާ އާއި އޭނާގެ ފިރިމީހާ ޖޯތަމްގެ ކުރިން ވެސް 1 އަހަރާއި 10 އަހަރާ ދެމެދުގެ ހަތަރު ކުދިން ތިބެއެވެ. އެހެންކަމުން މިހާރު އެ އާއިލާގައި ޖުމްލަ އަށް ކުދިން ތިބެއެވެ. ކުދިންގެ ތެރެއިން އެލެކްސާގެ ނަން ދީފައިވަނީ އެ އާއިލާއަށް ވެދިން އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޑޮކްޓަރު އެލެކްސާ ބެންޑަލްގެ ނަމަށް ނިސްބަތްކޮށެވެ.
އަލަށް އުފަންވި ހަތަރު ކުދިންނަށް މިހާރު ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގެ ތުއްތު ކުދިންނަށް ޚާއްޞަ އައި.ސީ.ޔޫގައެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި ކުދިންގެ ހާލަތު ރަނގަޅުވަމުން އަންނާތީ، އުންމީދު ބޮޑެވެ.
އަށް ކުދިން ބެލެހެއްޓުމުގައި ކުރިމަތިވާނެ މާލީ ގޮންޖެހުންތަކަށް އެހީތެރިވުމަށްޓަކައި، އެ އާއިލާއިން މިހާރު ވަނީ ފަންޑު ހޯދުމުގެ ހަރަކާތެއް އޮންލައިންކޮށް ފަށާފައެވެ. މި ފަންޑުން އެހީތެރިކަން ހޯދުމަށް ގަސްތުކުރަނީ ބޭސްފަރުވާއަށާއި، ދަތުރުފަތުރަށާއި، އާންމު ޒަރޫރީ ބޭނުންތަކުގެ އިތުރުން 10 މީހުންގެ ޖާގަ އޮންނަ ބޮޑު އުޅަނދެއް ގަތުމަށެވެ.
މި އާދަޔާޚިލާފު ވާހަކަ މީޑިއާއަށް ތިލަވުމާއެކު، ގިނަ ބައެއްގެ އެހީތެރިކަން އެ އާއިލާއަށް ދަނީ ލިބެމުންނެވެ.
ގުދުރަތީ ގޮތުން މިފަދަ ގޮތަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބުމަކީ ބޭސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ވަރަށް މަދު ހާދިސާއެކެވެ.

ARG
ކިޔުންތެރިންގެ ހިޔާލު