އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް
އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް
"މީބޫ މާލެ" ކިޔައި މާލެއަށް ޖޯކު ޖެހި ނަމަވެސް، މާލެ މިއަދު ފެންނަ ފަދަ އާބާދީ ބޮޑު، ތަރައްޤީ މަރުކަޒަކަށް ބަދަލުކޮށްލީ ރާއްޖޭގެ އެކި ރަށްރަށުން އައިސް އުޅުނު ބޮޑު އާބާދީއެއްގެ ބުރަ މަސައްކަތުން ކަމަށް އިންނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.

ފިރާގު މިހެން ވިދާޅުވީ ސަރުކާރު ޕްރޮމޯޓްކުރާ ނޫހަކުން ބޮޑު ތަކުރުފާނު މަގު ހުޅުވަން ހެދި ވީޑިއޯއަކާއި ގުޅިގެނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިރާޤު ވިދާޅުވީ، މާލޭގައި ތަފާތު ކަންކަން ފެއިލުވެގެން ދިޔައީ ކަންކަން ކުރަން ހަވާލުވެ ތިބި ގިނަ މީހުންގެ ނުކުޅެދުންތެރިކަމާއި، ރަނގަޅު އެކަށޭނެ ޕްލޭނެއް ހެދިފައި ނެތުމުގެ ސަބަބުން ކަމަށެވެ.





އަދި މިއަދުވެސް ފެނިގެން ދަނީ ހަމަ އެފަދަ ގޮތަކަށް ކަންކަން ހިނގަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކަމެއް މުޅިން ގޯހުން ގޯހަށް ދިއުމުން ނޫނީ އެކަމެއް ހައްލުކުރަން ނުކުތުން އެއީ އާދައަކަށް ވެފައިވާ ކަމަށް ވިދާޅުވެ، ފިރާޤު ވަނީ ކަންކަން މެނޭޖުކުރުމާއި ދުރާލާ ރޭވުންތެރިކަމެއް ނެތި ކަންކަން ކުރިއަށްދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް