އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މިނިވަންކަން ގެއްލި، އެ މުއައްސަސާގެ ފެންވަރު ތާރީޚުގައި ނުވެއްޓޭހާ ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ތާރީޚުގައިވެސް އެ މުއައްސަސާ މިހާ ބޮޑަށް ވެރިކަން ކުރާ ޕާޓީއާ ގުޅިގެން މަސައްކަތް ކުރި ދުވަހެއް ދެކެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޝަކީލްގެ ރިޔާސަތުގައި ކޮމިޝަންގެ މިނިވަންކަން ވަނީ އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. ޖަމީލް ކުރެއްވި އެންމެ ސީރިއަސް އެއް ތުހުމަތަކީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުންގެ ލިސްޓު، އިލެކްޝަންސް ކޮމިޝަނުން ވެރިކަން ކުރާ ޕީއެންސީއަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ހިއްސާކުރަމުންދާ ކަމަށް ކުރެއްވި ތުހުމަތެވެ. ޑރ. ޖަމީލް ވިދާޅުވީ މިއީ ސާބިތުވެއްޖެނަމަ ޤާނޫނާ ޚިލާފު ނުރައްކާތެރި އަމަލެއް ކަމަށާއި، ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އަމާޒުކޮށް ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން ކުރާ ކޮންމެ ކަމަކަށް ނަތީޖާއެއް އޮންނާނެ ކަމަށާއި، އެކަށީގެންވާ ވަގުތުގައި އެ ފަރާތްތައް ޤާނޫނީގޮތުން ޖަވާބުދާރީ ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މި އަމަލުތަކުގައި ބައިވެރިވާ ފަރާތްތަކުން ކުރާ ކޮންމެ އަމަލަކަށް ނަތީޖާއެއް އޮންނާނެކަން ހަނދާންކޮށްދެއްވަމުން، އެ ފަރާތްތައް އެކަށީގެންވާ ވަގުތުގައި ޤާނޫނީގޮތުން ޖަވާބުދާރީ ކުރެވޭނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި، ވަކިފަރާތަކަށް ނުޖެހޭކަމާއި، އަދި އެ މުއައްސަސާގެ އަބުރުވެރިކަން އަނބުރާ ހޯދައި، ސިޔާސީ ނުފޫޒުން އެ މުއައްސަސާ ރައްކާތެރިކުރެވެންދެން ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.
މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

Never in the history of @ElectionsMv has it sunk so low or become so closely aligned with the ruling party as it has under Shakeel.
— Mohamed Jameel Ahmed (@MJameelAhmed) July 29, 2026
We have evidence that the EC is sharing the PNF membership list with the PNC and @MMuizzu. If proven, this would constitute a serious breach of… https://t.co/Z2triD4CCl
މީގެއިތުރުން، މި އަމަލުތަކުގައި ބައިވެރިވާ ފަރާތްތަކުން ކުރާ ކޮންމެ އަމަލަކަށް ނަތީޖާއެއް އޮންނާނެކަން ހަނދާންކޮށްދެއްވަމުން، އެ ފަރާތްތައް އެކަށީގެންވާ ވަގުތުގައި ޤާނޫނީގޮތުން ޖަވާބުދާރީ ކުރެވޭނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި، ވަކިފަރާތަކަށް ނުޖެހޭކަމާއި، އަދި އެ މުއައްސަސާގެ އަބުރުވެރިކަން އަނބުރާ ހޯދައި، ސިޔާސީ ނުފޫޒުން އެ މުއައްސަސާ ރައްކާތެރިކުރެވެންދެން ކުރައްވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ.
މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު