އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދިގު މުއްދަތަކަށް ބިން ދޫކޮށްގެން ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ އެއްބަސްވުންތަކަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މި އެއްބަސްވުމުގެ ސައްހަކަމާ މެދު ފާޑުވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން މި މަޝްރޫއާ ގުޅޭގޮތުން ޚިޔާލުފާޅުކުރަމުން ދިޔަ ނަމަވެސް، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގުމަށް ހުށަހެޅިފައިވާ އެންމެ ބޮޑު އެއް ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއެވެ. ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްގީކުރި އެމާރު ޕްރޮޕަޓީސްގެ ބާނީ އަދި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރާއި ދިވެހި ސަރުކާރުގެ އިސް ވެރިންގެ ހާޒިރުގައެވެ.
ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން އިގްތިސާދު ސިންދަފާތު ކުރުމަށް އަމާޒުހިފާފައިވާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައި، 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫއާ ގުޅިފައިވާ އީގަލް ހިލްސް ކުންފުންޏަކީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ފާހަގަކޮށްލެވޭ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަރައްގީކުރަމުން އަންނަ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު