އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެގްޒެކެޓިވް އެސިސްޓެންޓް ނެޓަލީ ހާޕަކީ ޓްރަމްޕަށް ޚާއްޞަ "ޑައިޕާ ނަރުހެއް" ކަމަށާއި، އޭނާ އަބަދުވެސް ޓްރަމްޕަށް ބޭނުންވާ ޑައިޕާ އަޅާފައިވާ ދަބަހެއް އުފުލާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތެއްކަން ހާމަވެއްޖެއެވެ.
މި އަޑުތައް ފެތުރެން ފެށީ ޑޯވާ އެއާފޯސް ބޭސްގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން، ނެޓަލީ ހާޕް ހޭންޑްބޭގެެއް ހިފައިގެން ޓްރަމްޕްގެ އަރިހުގައި ހުއްޓާ ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އާންމުވުމާ ގުޅިގެންނެވެ. އެ ފޮޓޯއިން ފެންނަ ދަބަހުގައި ހުރި ތަކެއްޗާ މެދު ސުވާލު އުފައްދައި ސޯޝަލް މީޑިއާގެ ބައެއް ބޭނުންކުރާ ފަރާތްތަކުން ވަނީ އެއީ ޓްރަމްޕަށް ބޭނުންވާ ޑައިޕާ ހުރި ދަބަހެއް ކަމަށް ބުނެ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކޮށްފައެވެ.
ނަމަވެސް، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާ ފަރާތްތަކުންނާއި ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ނެޓަލީ ހާޕަކީ ރައީސް ޓްރަމްޕަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ މީހެއްކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި އޭނާ އުފުލި ދަބަހުގައި ޑައިޕާ ހުރިކަން އެއްވެސް ފޮޓޯއަކުން ނުވަތަ ރަސްމީ މަސްދަރަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީގެ ކުރިން ވެސް ޓްރަމްޕްގެ އަބުރަށް ހުތުރުވާ ގޮތަށް މިފަދަ ދޮގު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާފައިވާކަން ފެކްޓް-ޗެކަރުން ފާހަގަކުރެއެވެ.
ނެޓަލީ ހާޕަކީ 2025 ވަނަ އަހަރުން ފެށިގެން ޓްރަމްޕްގެ އެގްޒެކެޓިވް އެސިސްޓެންޓްގެ މަގާމު ފުރަމުންދާ ސިޔާސީ އެހީތެރިއެކެވެ. ކުރިން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރި ހާޕަކީ ޓްރަމްޕްގެ އެންމެ އިތުބާރުކުރައްވާ އެއް މުވައްޒަފެވެ. ޓްރަމްޕް ބައްލަވާލެއްވުމަށް ބޭނުންވާ ޚަބަރުތަކާއި މައުލޫމާތު ކަރުދާސްތައް އަބަދުވެސް ޕްރިންޓްކޮށްގެން އޭނާ އަތްޕުޅަށް އަރުވާތީ، މީޑިއާތަކުން އޭނާއަށް ސަމާސާ ގޮތަކަށް "ހިއުމަން ޕްރިންޓަރު" ގެ ނަމުން ވެސް މުހާތަބުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު