މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ރައްޔިތުން ސަލާމަތީ ގޮތުން އިތުރަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިލްތިމާސްކޮށްފިއެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ، ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި ފްލައިޓްތައް ކެންސަލްވުން ފަދަ ދަތުރުފަތުރުގެ ނިޒާމަށް އަތުވެދާނެ ބުރޫތަކަށް ފާރަވެރިވެ، ދުރާލައި ތައްޔާރުވެ ތިބުމަށް އަންގާފައެވެ.
މެދުއިރުމަތީގައި ހަރަކާތްތެރިވާ ބައެއް އެއާލައިންތަކުން މިހާރުވެސް ދަތުރުތައް ފަސްކޮށް، ބައެއް ރޫޓުތައް މެދުކަނޑާލާފައިވާތީ، އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން އެ ގައުމުތަކުން ފުރައިގެން ދިއުމަށް ވިސްނުމަށާއި، މަސްރަހު އިތުރަށް ގޯސްވެއްޖެ ހާލަތެއްގައި ފުރައިގެން ދިއުމަށް ތައްޔާރަށް ތިބުމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން، އެ ސަރަހައްދުން ބޭރުގައި ތިބި އެމެރިކާ ރައްޔިތުންވެސް މެދުއިރުމައްޗަށް ނުވަތަ އެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށް ވަނީ އެދިފައެވެ. އަދި ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓްތަކާއި އެއާލައިންތަކުގެ އޮޕަރޭޝަންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ގާތުން ބެލެހެއްޓުމަށްވެސް ވަނީ އަންގާފައެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އީރާނާއި އެ ގައުމަށް ތާއީދުކުރާ ޖަމާއަތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ މަސްލަހަތުތަކަށާއި، ވިޔަފާރިތަކާއި، މުއައްސަސާތަކަށް އަމާޒުކޮށް ހަމަލާދީފާނެ ކަމުގެ ބިރު އެބައޮތެވެ. މީގެ ކުރިންވެސް މެދުއިރުމަތީގެ ބޭރުގައިވާ އެމެރިކާގެ ބައެއް ޑިޕްލޮމެޓިކް މަރުކަޒުތަކަށް އީރާނުގެ ހަމަލާތައް އަމާޒުވެފައިވާކަން އެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު