އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން (ފޮޓޯ: ސޯޝަލް މީޑިއާ)
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން (ފޮޓޯ: ސޯޝަލް މީޑިއާ)
ޕާޓީތައް ސަސްޕެންޑް ކުރެވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާޙު ތަކުގެ ފައިނަލް ޑްރާފްޓް ހޯމަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 54 އިސްލާހެއް ހުށަހަޅާފައެވެ. މި އިސްލާހުތަކާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވާއިރު ބައެއް އިސްލާހުތަކާއި ގުޅިގެން ބައެއް ޕާޓީތަކުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ހާއްސަކޮށް ޕާޓީތައް ސަސްޕެންޑްކުރާ މާއްދާއާ ގުޅިގެން އިދިކޮޅުން ބުނެފައިވަނީ، އެއީ އިދިކޮޅުގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ހުށައަޅާފައިވާ އިސްލާހެއް ކަމަށެވެ.



ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވޭ އިސްލާހްތަކުގެ ތެރޭގައި މީހުންނަށް ނޭނގި ޕާޓީއަށް ވެއްދުން ހުއްޓުވުމާއި، ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމުގެ ބާރާއި، ސިޔާސީ ޕާޓީތަކުގެ މައި ދަފްތަރަކީ އީސީ އިން ބަލަހައްޓާ ދަފްތަރަކަށް ހެދުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕްގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުުރުމުގެ އިތުރުން ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ އެހީއަށް ޕާޓީތަކުން ޒިންމާދާރުވުން ހަރުދަނާ ކުރުމަށް ހިމަނާފައިވެއެވެ.

ސިިޔާސީ ޕާޓީތަކުގެ ޤާނޫނު މިހާރު އޮންނަގޮތުން ނަަމަ، އިލެކްޝަންސް ކޮމިޝަނަށް އެޅެން އޮންނަ ފިޔަވަޅަކީ ޕާޓީއެއް އުވާލުމާއި، ޖޫރިމަނާ ކުރުމެވެ. ނަމަވެސް ޖޫރިމަނާ ކުރުމުންވެސް ޕާޓީތަކުން އެ ފައިސާ ނުދައްކާތީ މެދުމިނުގެ ފިޔަވަޅަކަށް ސަސްޕެންޑް ކުރުން ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން