އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޯނުން ގުޅުއްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

"އިންޑިއާ ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި ނަތަންޔާހޫ ވަނީ އިންޑިއާ އާއި އިސްރާއީލާ ދެމެދު އޮތް ޚާއްޞަ އިސްތިރާތީޖީ ގުޅުން (ސްޓްރެޓީޖިކް ޕާޓްނަޝިޕް) އާލާކޮށް ވަރުގަދަކުރުމަށް އިސްރާއީލުން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވާފައެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ހާމަކޮށްފައިވާ ގޮތުގައި، މި ފޯން ކޯލުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ޤައުމުގެ އެއްބާރުލުން ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ މެދު ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެ އިތުރުން، މެދުއިރުމަތީގެ މިހާރުގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާއި ސަރަހައްދީ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަކީ އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަތީއްސުރެ އިސްރާއީލާއެކު ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު