ސީރިއާގައި ގާތްގަނޑަކަށް 14 އަހަރު ވަންދެން ހިނގި ދާޚިލީ ހަނގުރާމައިގެ ތެރޭގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގިކަން ސާބިތުވެ، އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރުލް އަސަދުގެ މައްޗަށް، އެ މީހުންގެ ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފިއެވެ.
ދިމިޝްޤުގެ ކްރިމިނަލް ކޯޓުން އިއްވި މި ހުކުމުގައި، އެ ދެ ބޭފުޅުންގެ އިތުރުން ސީރިއާގެ ދެކުނު ދަރްޢާ ޕްރޮވިންސްގެ ސިޔާސީ ސަލާމަތާބެހޭ ކުރީގެ ވެރިޔާ ޢާޠިފް ނަޖީބުގެ މައްޗަށް ވެސް ވަނީ މަރުގެ ހުކުމް އިއްވާފައެވެ.
2024 ވަނަ އަހަރު ވެރިކަން ވައްޓާލުމާ ގުޅިގެން މިހާރު ރަޝިޔާގައި އަރުވާލެވިގެން ދިރިއުޅެމުންދާ ބައްޝާރު އަސަދާއި މާހިރު އަސަދުގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، ރޭވުންތެރިކަމާއެކު މީހުން މެރުމާއި، ލާއިންސާނީ އަނިޔާކުރުމާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައެވެ.
މިއީ ސީރިއާގެ އިންތިޤާލީ ސަރުކާރުން ކުރީގެ ސަރުކާރުގެ އިސްވެރިންގެ ޝަރީޢަތްތައް ހިންގަން ފެށިފަހުން އިއްވި ފުރަތަމަ މުހިންމު ހުކުމެވެ.
މި މައްސަލައިގައި ދެން މަރުގެ ހުކުމް އިއްވި ޢާޠިފް ނަޖީބަކީ 2011 ވަނަ އަހަރު ދަރްޢާގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު އޮޕަރޭޝަނެއް ފަށައި، ދާޚިލީ ހަނގުރާމައަށް މަގުފަހިވި ހާދިސާތަކުގެ މޭސްތިރިޔާއެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ހައްޔަރުކުރި ނަޖީބުގެ މައްޗަށް ހުކުމް އިއްވިއިރު އޭނާ ހުރީ ކޯޓަށް ހާޒިރުކުރެވިފައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިން ގަސްދުގައި މެރުމާއި، މަރަށް ހުށަހެޅޭ ފަދަ ރަހުމުކުޑަ އަނިޔާކުރުން ހިމެނެއެވެ.
ޝަރީޢަތް ނިންމަވަމުން ގާޒީ އަލް-ޢަރްޔާން ވިދާޅުވީ، ހެކިންގެ ހެކިބަހުން ސީރިއާގެ ކުރީގެ ރައީސަކީ މި ޖަރީމާތައް ހިންގުމުގައި ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން އެންމެ އިސް ނިންމުންތައް ނިންމެވި ފަރާތްކަން ސާބިތުވާ ކަމަށެވެ.
މި ހުކުމާއެކު ސީރިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އުފާފާޅުކުރުމަށް މަގުތަކަށް ނުކުމެފައެވެ. އަދި މިއީ އަނިޔާ ލިބުނު ފަރާތްތަކުގެ ހިތްތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބި، އިންސާފު ޤާއިމުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މީޑިއާތަކުން ސިފަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު