މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގަމުންދިޔަ ޓެރިފް އުވާލުމާ ގުޅިގެން، ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް ބިނާވެފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސިވިލާތުން ޓެރިފް ކަނޑައިލުމަކީ ރާއްޖޭގެ މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށް ލިބުނު 20 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ބަދަލާއެކު، މަސްވެރިންގެ އަތުން މަސްގަންނަ ކުންފުނިތަކަށް، މަސްވެރިންނަށް ފޯރުކޮށްދޭ އަގުތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ހޮރައިޒަން ފިޝަރީޒާއި، އެންސިސް ފިޝަރީޒް އަދި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިންވެސް މިހާރު މަސްވެރިންނަށް އެކަށީގެންވާ ފައިދާހުރި އަގުތަކެއް ދެމުންދާކަމީ، ރާއްޖޭގައި މަހުގެ ހަގީގީ ވާދަވެރި ބާޒާރެއް އުފެދިފައިވާކަމުގެ ހެއްކެކެވެ. އެހެންކަމުން މިކަމުގެ މަންފާ މަސްވެރިންނަށް ސީދާގޮތެއްގައި ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު