ވިހެއުމަށްފަހު ތުއްތު ކުއްޖަކު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
އެޗްއާރްސީއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މީސްމީޑިއާގެ މަންސަތަކުގައި ކަންބޮޑުވުން ފާޅުކުރަމުންދާ މި މައްސަލަ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން ނެރުނު ބަޔާނެއްގައި ބުނީ، ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ގޮތާ މެދު ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން އެކަން ބެލިއިރު، އެކަން ހިނގާފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ.
ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކޮންމެ ކުއްޖަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ. އަދި ކުޑަކުއްޖަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކުއްޖާގެ މަޞްލަޙަތަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންދަނީ އާއިލާގެ ތެރެއިން އެއްވެސް ފަރާތަކަށް ރައްކާތެރިކަން ފޯރުކޮށްނުދެވޭ ހާލަތްތަކުގައި، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އެކަނި އެ ސަބަބަށްޓަކައި ކުއްޖާ ވަކިކުރަންޖެހޭ އުޒުރެއް ނޫން ނަމަވެސް، ކުއްޖާގެ ރައްކާތެރިކަން ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި ޤާނޫނުގެ 88 ވަނަ މާއްދާގެ ދަށުން ވަގުތުން ފިޔަވަޅު އެޅުމުގެ އިޚުތިޔާރު ދައުލަތަށް ލިބިގެންވެއެވެ.
ނާޒުކު ހާލަތްތަކުގައި ތިބޭ ކުދިންނާއި އާއިލާތަކާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ފެތުރުމަކީ އެ ފަރާތްތަކަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން، ކުޑަކުދިންގެ ކަރާމާތަށް އިޙްތިރާމްކޮށް، ޒިންމާދާރުކަމާއެކު މީޑިއާ ބޭނުންކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު