މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހއ. އުތީމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ފައިބާވަޑައިގަތުމާއެކު، އެ ރަށުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށްޓަކައި ބަނދަރު ސަރަޙައްދުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އަދި އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދުގެ އިތުރުން ދައުލަތުގެ އިސްވެރިން ތިއްބެވިއެވެ.
މީގެއިތުރުން، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ އަދި އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުވެސް ވަނީ ރައީސްއަށް މަރުޙަބާ ދެންނެވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 ގައި އުތީމުގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، މިއަހަރު ދައުލަތުން ދެއްވާ އެންމެ މަތިވެރި ޝަރަފު ކަމަށްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ބޭފުޅުންނަށް އަރުވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް އެރުވުމަށް ވަނީ ނިންމަވާފައެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، މިއަހަރުގެ ޖަލްސާގައި ޚާއްޞަ ކަމެއްގެ ގޮތުން، ޚިދުމަތުގެ ޤައުމީ އިނާމު އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު