އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، އެމެރިކާ އަސްކަރިއްޔާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ 'އެމްކިއު-9 ރީޕާ' މަރުކާގެ 45 އަށްވުރެ ގިނަ ޑްރޯން ގެއްލި، އެ ޤައުމުގެ ވައިގެ އަސްކަރީ ބާރަށް ބޮޑު ލޮޅުމެއް އަރައިފިއެވެ.
'ވޮޝިންގްޓަން ޕޯސްޓް' އިން ޝާއިއުކުރި ތަފްސީލީ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ގެއްލިގެންދިޔަ މި އަދަދަކީ ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާގެ އަސްކަރިއްޔާގައި ހުރި މި ބާވަތުގެ ޑްރޯން ފްލީޓުގެ ގާތްގަނޑަކަށް 25 އިންސައްތައެވެ.
ޖާސޫސީ މައުލޫމާތު އެއްކުރުމަށާއި، ބިމުގެ އަމާޒުތަކަށް ސީދާ ހަމަލާދިނުމުގެ މަތީ ޤާބިލުކަން ލިބިފައިވާ މި ޑްރޯނެއްގެ އަގު 30 މިލިއަނާއި 50 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް އަރައެވެ. އެހެންކަމުން، މި ހަނގުރާމައިގައި މިހާތަނަށް ގެއްލިފައިވާ ޑްރޯންތަކުގެ ޖުމްލަ މާލީ ގެއްލުން 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
ސްޓްރެޓީޖިކަލީ މުހިންމު ސަރަހައްދެއް ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވި މި ޑްރޯންތަކަކީ، ދުވެލި ނިސްބަތުން މަޑު އަދި ތިރިން ދަތުރުކުރާ އުޅަނދުތަކަކަށް ވާތީ، އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި، ޔަމަނާއި އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކަށް މިއީ އަމާޒުކޮށްލަން ފަސޭހަ އުޅަނދުތަކަކަށް ވެގެންދިޔައެވެ.
އެމެރިކާގެ އަސްކަރީ އޮފިޝަލުން ހާމަކުރި ގޮތުގައި، މި ހުރިހާ ޑްރޯންތަކަކީ ހަމަލާތަކުގައި ވައްޓާލި އުޅަނދުތަކެއް ނޫނެވެ. އޭގެ ތެރެއިން ބައެއް ޑްރޯންތައް ވެއްޓިފައިވަނީ ކޮންޓްރޯލް ކުރާ ފަރާތްތަކާއި ޑްރޯނާ ދެމެދު އޮންނަ މުވާސަލާތީ ގުޅުން ކެނޑުމުގެ ސަބަބުންނެވެ. ހަނގުރާމައިގެ ކުރިން އެމެރިކާގެ ވައިގެ ސިފައިންނާއި މެރިން ކޯގައި ހުރި 185 ރީޕާ ޑްރޯންގެ އަދަދު، މިހާރު ވަނީ 135 އަށް ދަށްވެފައެވެ.
މި ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެމެރިކާގެ ހަތިޔާރާއި އަސްކަރީ ވަސީލަތްތަކުގެ ރިޒާވަށް ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ. އީރާނުގެ ހަނގުރާމައިގެ އިތުރުން ޔޫކްރޭނަށް ފޯރުކޮށްދޭ އަސްކަރީ އެހީތަކާއެކު ރިޒާވް ހުސްވަމުންދާތީ، ޕެންޓަގަންއިން މިހާރު ޚާއްޞަ އިސްކަމެއް ދެނީ ކުޑަ ޚަރަދަކުން އުފެއްދޭ، އަދި ގިނަ އަދަދަކަށް ބޭނުންކުރެވޭނެ އައު ޒަމާނީ ޑްރޯން ޓެކްނޮލޮޖީތަކަށް ބަދަލުވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު