ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެވިފައިވަނީ ޖުމްލަ 3.2 ކިލޯ (3252 ގްރާމް)ގެ ކެނަބިސް އެވެ. މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖުތައް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

އެގޮތުން، ބަލައިފާސްކުރެވުނު ޕެކޭޖެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން، އިތުރަށް ފާސްކުރުމުގެ ތެރޭގައި އެ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއްވައެވެ.



މި ސަރުކާރުން މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ހާއްސަ އިސްކަމެއް ދެއެވެ. އެގޮތުން ދިވެހިރާއްޖެއަށް ވައިގެ މަގުންނާއި އަދި ޕޯސްޓްގެ ޒަރީއާއިން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެއްޗާއި އެހެނިހެން މަނާ ތަކެތި ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް