ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން، ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީގޮތުން 60 ދުވަހަށް ދުރުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 26 ވަނަ ޖަލްސާގައެވެ.
ޖޭއެސްސީން ބުނީ ، ޤާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑް ކުރުމަށް ނިންމީ، އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެގޮތުން މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ މުހިންމު އަސާސްގެ މައްޗަށް ބިނާކޮށް އެފިޔަވަޅު އަޅަން ނިންމީ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ މި ނިންމުން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ޙަވާލާދީ، އެ މާއްދާގެ (ލ) ގައިވާ ގޮތުގެ މަތީން ކަމަށެވެ. އެހެންކަމުން، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، 19 އޮގަސްޓު 2026 އިން ފެށިގެން 60 ދުވަހުގެ މުއްދަތަށް އޭނާ ވަނީ މަޤާމުގެ މަސައްކަތްތަކުން އެކަހެރި ކޮށްފައިކަމަށް ޖޭއެސްސީން މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު