އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އާއި ދިމާލަށް ބޫޓުން ހަމަލާދިން އިރާގުގެ ނޫސްވެރިޔާ މުންތަޒަރު އަލް ޒައިދީ، އެ ހާދިސާއަށް 18 އަހަރު ފުރުނު ނަމަވެސް އެކަމާމެދު އެއްވެސް ވަރަކަށް ދެރަނުވާ ކަމަށާއި، އަދިވެސް އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އަލުން އެކަން ކުރާނެ ކަމަށް ބުނެފިއެވެ.
2008 ވަނަ އަހަރު ބަގްދާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިރާގަށް އެމެރިކާއިން ދިން ހަމަލާތަކާއި ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ޒައިދީ ވަނީ އޭނާގެ ދެ ބޫޓު ބުޝްއާ ދިމާއަށް އުކާލާފައެވެ.
އެ ހާދިސާއަށްފަހު އޭނާ ހައްޔަރުކޮށް، ތިން ދުވަސް ވަންދެން އަނިޔާކުރުމުގެ އިތުރުން، ތިން މަސް ދުވަހު އެކަހެރިކޮށް ބަންދުކޮށްފައި ބެހެއްޓިއެވެ. އަދި ބޭރު ގައުމެއްގެ ވެރިއަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
ނަމަވެސް، ޒައިދީ ބުނެފައިވަނީ އޭނާ ކުރި ކަންތައްތަކާމެދު ސަދާވެސް އަނބުރާ ހިތާމައެއް ނުކުރާނެ ކަމަށާއި، އޭނާގެ ހަމައެކަނި ހިތާމައަކީ އެ ދުވަހު އޭނާގެ އަތުގައި ބުޝްއާ ދިމާއަށް އުކާލާނެ އިތުރު ބޫޓެއް ނެތުން ކަމަށެވެ.
އިރާގުގެ ރައްޔިތުންނަށް ލިބުނު އަނިޔާތަކާއި ހަލާކުގެ ބަދަލުގައި އެއީ އޭނާ ކުރި އިންސާފުވެރި ކަމެއްގެ ގޮތުގައި އޭނާ އަދިވެސް ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު